ޚަބަރު
އައްޑޫ ސިޓީގައި ތާރު ކޮންޓެއިނަރުތަކެއްގައި ރޯވެ އަލިފާނުގެ ބޮޑު ޙާދިސާއެއް ހިނގައިފި

އައްޑޫ ސިޓީ ހުޅުދޫ ވަލުތެރޭގައި ހުރި ތާރު ކޮންޓެއިނަރުތަކެއްގައި ރޯވެ އަނދަން ފަށައިފި އެވެ.

އެމްއެންޑީއެފްގެ މީޑިއާއިން ބުނެފައި ވަނީ މިރޭ އައްޑޫ ސިޓީ ހުޅުދޫ ބަނދަރު ސަރަހައްދު ވަލުތެރޭގައި އަލިފާން ރޯވެެގެން ހުޅުމީދޫ ފަޔަރ ސްޓޭޝަނުން 8:03 ހާއިރުން ފެށިގެން ހަރަކާތްތެރި ވަމުންދާ ކަމަށެވެ. އަދި އޭގެ ފަހުން ފަހުން އަލިފާންގަނޑު އެތާ ކައިރީގައި ހުރި ތާރު ކޮންޓެއިނަރު ތަކެއްގައި ރޯވެފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދިނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އައްޑޫ ސިޓީގެ މަގުތަކުގައި ތާރު އެޅުމަށް ގެންގޮސްފައި ހުރި ތާރު ކޮންޓެއިނަރު ތަކެކެވެ.

މިހާތަނަށް ބެލި ބެލުމުގައި އަލިފާން ރޯވި ސީދާ ވަގުތަކާއި އެތަނުގައި ރޯވާން މެދުވެރިވި ސަބަބެއް އަދި ނޭނގެ އެވެ.
އައްޑޫ ގައި މިރޭ ހިނގި މި އަލިފާނުގެ ހާދިސާ ގައި އެއްވެސް މީހަކަށް އަނިޔާއެއްވި ކަމުގެ މައުލޫމާތެއްވެ ރަސްމީ އިދާރާ އަކުން އަދި ހާމައެއް ނުކުރެއެވެ.

އައްޑޫ ސިޓީ ހުޅުދޫ ވަލުތެރޭ ހުރި ތާރު ކޮންޓެއިނަރުތަކެއްގައި ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައި ވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!