ތެޔޮ ބޯޓުން ގެއްލުން މީހާގެ މަރުގެ ތުހުމަތުގައި މުހައްމަދު ނިޒާމު ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބައެއް މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވެފައު ވަނީ ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމު، 45، ގެސްޓްހައުސް އެއްގައި ހުއްޓާ ކޯޓް އަމުރެއްގެ ދަށުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މަރުގެ މައްސަލައެއްގައި ކަމަށެވެ.
އެހެން ނަމަވެސް، މިކަމާ ބެހޭ ގޮތުން ފުލުހުން އިތުރު ތަފުސީލެއް ނުދެ އެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިމާލޭން ތެޔޮ ބޯޓެއްގައި ފުރިފަހުން ހަބަރެއް ނުވެގެން ހޯދަމުންދިޔައީ ގދ. ތިނަދޫ/ މަނާރު، މުހައްމަދު ނިޒާމް (45އ.) އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮހައްމަދު ލިޓަން (35އ)އެވެ.
މި ދެ މީހުން ދަތުރުކުރި ތެޔޮ ބޯޓު އެއާޕޯޓް ނެރުކައިރިން މިދިޔަ ބުރާސްފަތި ދުވަހު ފެނުނު ނަމަވެސް، ބަންގްލަދޭޝް މީހާ ފެނިފައެއް ނުވެއެވެ.