ރިޕޯޓް
އާދަޔާ ޚިލާފު ޒަމާނެއް

އެމެރިކާގެ ޕޮލިޓިކަލް ސައިންޓިސްޓް، އެކްޓިވިސްޓް ޕްރޮފެސަރ، އަދި ލިޔުންތެރިޔާ ނޯމަން ފިންކެލްސްޓައިން ވިދާޅުވެފައިވެއެވެ.

ހުޅަނގުގެ މީހުން، އެންމެ ފުރަތަމަ އުތުރު އެމެރިކާއަށް އައި ދުވަސްވަރު، އެމެރިކާގެ އަސްލު ރަށްވެހިންނާ ބެހޭގޮތުން ހުޅަނގުގެ މީހުން ބުނީ، އެމީހުންނަކީ ވަރަށް ވަޙުޝީ އަދި ޖާހިލު ބައެއް ކަމުގައެވެ. ސަބަބަކީ އެމީހުން ބަރަހަނާކޮށް މީސްތަކުންގެ ތެރެއަށް ނުކުމެ އުޅޭތީއެވެ.

އެދުވަސްވަރު ޔޫރަޕްގެ އަންހެނުން ތިބީ ތިން ފަށަލައެއްގެ ހެދުން ލައިގެންނެވެ. އޭރު ބޮލާއި ހަށިގަނޑު ނިވާކުރުމަކީ އެމީހުން ދުށް ގޮތުގައި ތަހުޒީބެވެ. އެހެންކަމުން، އެމީހުންނަށް އެމެރިކާ އަސްލު ރަށްވެހިން ފެނުނީ، ތަހުޒީބުވެފައިނުވާ ވަޙުޝީ ބައެއްގެ ގޮތުގައެވެ. އެމީހުންނަކީ، ތަހުޒީބުވެފައިނުވާ ބައެއްގެ ގޮތުގައި ކަނޑައެޅީ، އެ އެންމެން ބަރަހަނާ ހާލުގައި، މީހުންގެ ތެރެއަށް ނުކުމެ އުޅޭތީއެވެ.

މިއަދު، ހުޅަނގުގެ މީހުންގެ ހާލު ނިކަން ދެކިބަލާށެވެ. މިހާރު އެމީހުން ގަބޫލުކުރާ ގޮތުގައި އޮރިޔާންވުމަކީ ފެޝަނެކެވެ. އެއްޖިންސުން ކައިވެނި ކުރުމަކީ އިންސާނީ ހައްގެކެވެ. އަދި މިކަންކަމާއި، މިހާރު ދެކޮޅު ހަދާ މީހުންނަކީ ތަހުޒީބުނުވާ ހަރުކަށި ފިކުރުގެ މީހުންނެވެ. އެމީހުން ބަރަހަނާވެގެން، އަޚުލާގީ އަގުތައް އެއްފަރާތް ކޮށްގެން ތިބެ، އަހަރުމެންނާ ދިމާލަށް ބުނަނީ މުސްލިމުން ތަހުޒީބުނުވެ ފަހަތަށް ޖެހިފައިވަނީ މާބޮޑަށް ނިވާކުރާތީ ކަމަށެވެ. މިއީ ފާއިތުވި 100 ވަރަކަށް އަހަރުގެ ތެރޭގައި އެމީހުންގެ ވިސްނުމަށާއި އަދި އަޚުލާޤަށް އައި ބަދަލުތަކެވެ. އިންސާނުން، ބުއްދިއެއް ނުވާ ހައިވާނުން ފަދައިން އުޅުމަކީ ތަހުޒީބުކަމަށް ވާނަމަ، ހައިވާނުން އެތިބީ، ތަހުޒީބުގެ އެންމެ އުސް ކުންނުގައެވެ.

ވީމާ، ތަހުޒީބާއި ތަމައްދުންގައި ކުރިއަރާފައިވާ ކަމަށް ދަޢުވާކުރާ ހުޅަނގުގެ މީހުންނަށްވުރެ، ވަޙުޝީ އަދި ޖާހިލު ބައެއް ފެންނާނެ ހެއްޔެވެ؟ އެމީހުން ކަންބޮޑުވެގެން އެ އުޅޭނީ މުސްލިމު އަންހެނުން ބުރުގާ އަޅާ، އެ ކަނބަލުންގެ ޢައުރަ ނިވާކުރާތީއެވެ.

ދަންނާށެވެ! އަޚްލާޤަކީ ޤައުމެއް ތަހުޒީބާއި ތަމައްދުންގައި ކުރިއަރައި ދިއުމުގެ އެންމެ އަސާސީ އެއް މަސްދަރަކީ އަޚުލާޤިއްޔާތެވެ. ހަމަ އެފަދައިން، އަޚުލާޤީ ހުސްކަމެއްގެ ތެރެއަށް ގައުމު ވެއްޓި ފާޙިޝް ޢަމަލުތައް އާންމުވުމަކީ، ޤައުމެއް ފަނާވެ ނެތިގެން ދިއުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!