ޚަބަރު
ޕަތާންގެ ވަގުކޮޕީތަކުން ޗެނަލްތައް ފުރާލައިފި

‘ޕަތާން’ ރަސްމީކޮށް ބޮޑު ސްކްރީނަށް އައުމުގެ ކުޑައިިރުކޮޅެއް ކުރިން ވަގުކޮޕީތަކުން ޗެނަލްތައް ފުރާާލައިފި އެވެ.

ފިލްމުގެ ވާހަކަ ދެކެވެން ފެށީއްސުރެ މިފިލްމާ ބެހޭ ގޮތުން މުޅީންވެސް ހިޓު، ލަވަތަކުން ފެށިގެން ފިލްމުގެ ޓްރެއިލާވެސް ސުޕަހިޓުވެފައިވާ ޝާހުރުކުހާނާއި ދިޕިކާ ޕަޑުކޯން އަދި ޖޯން އަބްރަހަމް ލީޑުން ފެނިގެން ދާާ ފިލްމު “ޕަތާން މިހާރު ޓޮރެންޓްގެ އެކި ވެބްސައިޓްތަކުން ހިލޭ އެޗްޑީ ޑައުންލޯޑް ކުރެވޭ ގޮޮތަށް މިވަނީ ފިލްމު ލީކުކޮށްލާފަ އެެވެ. ފިލްމުގެ ލީކު ވީޑިޔޯތަކުގެ އިތުރުން ފިލްމުގެ ދެވަނަ ހާފުގައި ޓައިގާ ސްމޭޝިން އެންޓްރީއެއް ހަދައިގެން ޕަތާން ސަލާމަތް ކުރާ މަންޒަރުވެސް ވަކިން ކުރު ވީޑިޔޯކޮޅު ތަކެއް ހަދާ ޝެއާ ކުރަމުން އެބަގެންދެއެވެ.

ފިލްމު ރަސްމީކޮށް ބޮޑު ސްކްރީނުން ރިލީޒް ވުމުގެ ކުރިން ފިލްމު މިވަނީ އޮންލައިންކޮށް ލީކުކޮށްލާފަ އެވެ. ފިލްމުގެ ޕައިރޭޓް ވާޝަންތައް ޓެލެގްރާމް، ތަމިލް ރޮކަރސް، ފިލްމީޒިލާ، އޮންލައިންމޮވިއުއެޗްސް، ފިލްމީވޭޕް، އަދި އެތައް ޓޮރެންޓް ޕްލެޓްފޯމްތަކުން ލިބެން ފެށި އެވެ. ފިލްމުގެ ދެ ކޮލިޓީއެއްގެ ކޮޕީ ޔޫޓިއުބުންވެސް ފެންނަން އެބަހުއްޓެވެ. ލަވާސްޗޮއިސް ކިޔާ ޗެނެލަކުންވެސް ޕަތާންގގެ ކޮޕީ ފެންނަން އެބަހުއްޓެވެ. މަންޒަރުތައް ނުސާފުވެފައި އަޑު ކިތަންމެ ފިސްވިކަމުގައި ވިޔަސް ފިލްމު ބަލަމުންދާ މީހުން މަދެއް ނޫނެވެ.

ޕަތާން ދަނީ ގޫގުލް ސަރޗްތައް މެދުނުކެނޑި އިތުރުވަމުންދާއިރު ޕްރީ ރިލީޒްގެ ފެންޓަސްޓިކް ބާޒެއް އުފައްދަމުންނެވެ. ބޮޑު ރިލީޒްގެ ކުރިން ރިޕޯޓްތައް ބުނާ ގޮތުގައި tamilrockers, Filmyme4wap, Filmyzilla, Mp4movies, Pagalworld, Vegamovies ފަދަ ބައެއް ގަވާއިދާ ހިލާފު ވެބްސައިޓްތަކުން ބުނަނީ ރިލީޒް ކުރުމުގެ ކުރިން ވެސް ފިލްމު ޕަތާން އެމީހުންގެ ޕްލެޓްފޯމްގައި ހިލޭ ދައްކާ ކަމަށެވެ. އެއްވެސް ވެބްސައިޓަކުން އެކަން ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމުގައި ވާއިރު. ޕަތާންގެ ލަވަ ބެޝަރަމް ރަންގް މެކެރުން ނެރެގެން މާގިނައިރުތަކެއް ނުވެ ޒެފްރަން ބިކިނީގެ މައްސަލަ ފެށުނުތާ މާގިނައިރުތަކެއް ނުވެ، ފިލްމު ދައްކާލުމުގެ ކުރިން ފިލްމުގެ ޓްރެއިލާ ލީކުވި އެވެ. އަދި، މިހާރު މުޅި ފިލްމު އޮންލައިންކޮށް ލިބެން ހުރި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ޔަގީން ކުރުމަށްޓަކައި މަތީގައިވާ ގަވާއިދާ ހިލާފު ސައިޓްތައް އަޅުގަނޑުމެން ޗެކްކޮށްފައި ބަލާލިއިރު ޔަގީންކަމާއެކު މިސައިޓުތަކުން ފެންނަން އެބަހުއްޓެވެ. އަދި ޔޫޓިއުބްގެ ‘ލަވާސްޗޮއިސް’ފަދަ ޗެނަލްތަކުންވެސް ފިލްމު ފެންނަން އެބަހުއްޓެވެ.
މިފަދަ ޕްލެޓްފޯމްތަކުގައި ފިލްމު ނުބަލާ، ހަމައެކަނި ޓިކެޓް ގަނެ، ޑިޖިޓަލްކޮށް ރިލީޒް ކުރާއިރު ސިނަމާތަކުގައި ނުވަތަ އެންމެ ފަހުން ހުއްދަ އޯޓީޓީ ޕްލެޓްފޯމްތަކުގައި ފިލްމު ބަލާލުމަށް އަޅުގަނޑުމެންގެ ކިޔުންތެރިންނަށް އިލްތިމާސް ކުރަމެވެ.

ޑިސްކްލޭމް: އަޅުގަނޑުމެން ޕައިރެސީ ޕްރޮމޯޓް ނުވަތަ ސަޕޯޓް ނުކުރަމެވެ. ޕައިރެސީ އަކީ 1957 ވަނަ އަހަރުގެ ކޮޕީރައިޓް ގާނޫނުގެ ދަށުން ޖިނާއީ ކުށެކެވެ. އެއްވެސް ގޮތަކަށް ޕައިރެސީގައި ބައިވެރިވުމުން ނުވަތަ ހިތްވަރު ދިނުމުން ދުރުހެލިވުމަށް ހުވަދޫނިއުސް އިން ރިކްއެސްޓު ކުރަމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!