ރިޕޯޓް
ނިއުމާމިސްއާއެކު، އުނގަންނައިދިނުމުގެ ވައްޓަފާޅި3؛ފިލާވަޅުނިންމުން

ލެސަންޕްލޭން ހަދައި ފިލާވަޅު ތައްޔާރު ކުރާއިރު ވަރަށް ގިނަ މުހިންމު ބައިތައް އެކުލެވިފައިވެއެވެ. އެގޮތުން އާއްމު ބައިތަކުގެ ތެރޭގައި

1)  ފިލާވަޅު ފެށުން،

2) މައިގަނޑު  

3) ނިންމުން ހިމެނެއެވެ.

މި 3 ބައި ވެސް މިއީ ލެސަންޕްލޭނެއްގެ ވަރަށް ބޭނުންތެރި ބައިތަކެކެވެ. މިގޮތުން މިބަލައިލަނީ ފިލާވަޅުގެ ނިންމުމަށެވެ. މިއީ ލެސަން ޕްލޭންގައި ލިޔެފައި އޮތް ނަމަވެސް ވަރަށް ގިނަފަހަރަށް ވަގުތަށް ސަމާލުކަން ނުދެވިއްޖެނަމަ މުދައްރިސުންނަށް ފުރިހަމައަށް ނުގެންދެވޭ ބައެކެވެ.

ނަމަވެސް ފިލާވަޅެއްގެ ނިންމުމަކީ ވަރަށް ރަނގަޅަށް ހުރިހާ މުދައްރިސުން ވެސް ތައްޔާރު ވާން ޖެހޭ ބައެކެވެ. ފިލާވަޅުގެ ނިންމުން ފުރިހައަށް ގެންދެވިއްޖެނަމަ އެދުވަހުގެ އުނގެނުން ކާމިޔާބުވި މިންވަރު މުދައްރިސަށް ފަސޭހަ ކަމާއެކު އަޅާ ކިޔައި ދެނެގަނެވޭނެ އެވެ. ނުވަތަ އެސެސް ކޮށްލެވެއެވެ.

އެއާއެކު ފުރިހައަށް ގެންދެވިއްޖެނަމަ ދަރިވަރުންނަށް މުޅިފިލާވަޅު”ރިފްލެކްޓް” ކޮށްލަން ލިބޭ ފަހި ފުރުސަތެކެވެ.
ފައިދާވަނިގޮތަކަށް ގެންދެވޭނިންމުގެ ސަބަބުންނަގައިދިން ފިލާވަޅު ދަރިވަރުންނަށް ފުންކޮށްދޭހަވެ ކުރިންއެނގިފައިވާ މަޢުލޫމާތާއި އަލަށް އެނގިގެންދިއަ މަޢުލޫމާތު ގުޅުވާލަން ފަސޭހަވެއެވެ.
ފުރިހަމައަށް ގެންދެވޭ ފިލާވަޅުގެ ނިންމުމެއްގައި މުދައްރިސުން މުޅިފިލާވަޅު ޖުމުލަގޮތެއްގައި ޚުލާސާކޮށް ދަރިވަރުންނަށް ދޭހަވި މިންވަރު ހޯދާލައެވެ.
މިގޮތުން ބައެއް ފަހަރަށް ދަރިވަރުންނަށް އެނގިގެން ދިއަ އާ ޙިޔާލުތަކާއި ކުރިއަށް އޮތް ފިލާވަޅަށްވެސް އަލި އަޅުވާލެވެއެވެ.
ގިނަފަހަރަށް މާބޮޑު ތައްޔާރިއެއްނުވެ ސުވާލުތަކަކުންވެސްް ނިންމާލެވިދާނެއެވެ. އަދި ފިލާވަޅާއި ގުޅޭގޮތުން ދަރިވަރުންގެ ހުރި ޙިޔާލުތަކާއި ކަންބޮޑުވުންތައްވެސް ނިންމުމުގައި އަޑުއަހާވެސް ލެވިދާނެއެވެ.
ދަރިވަރުން އުނގެނުމަށް ބޮޑަށް ޝައުޤު ވެރިކުރުވަން ބޭނުންނަމަ “ކްލޯޒަރ” ނުވަތަ ނިންމުމުގައި ބޭނުން ކުރެވިދާނެ އެސެސްމަންޓް ޓޫލްތައް ވަރަށް ގިނައެވެ. ނަމަވެސް ހަނދާނުގައި ބަހައްޓަންވީ މިބައި ގިނަފަހަރަށް ފުރިހަމަ ކުރެވެނީ މުދައްރިސުން ގަޑިއަށް ފަރުވާތެރި ވެގެންނެވެ.
ފިލާވަޅު ނިންމުމުގައި އެއްދަރިވަރަކު އަނެއްދަރިވަރަކަށް ބޯޅަ އެއްލާނީއެވެ. ބޯޅަ ހިފޭ ދަރިވަރުން އޭގެން ސުވާލަކަށް ޖަވާބުދޭނީއެވެ. ޖަވާބުދިނުމަށް ފަހު އެހެން ދަރިވަރަކަށް އަނެއްކާ ބޯޅަ އެއްލާނީއެވެ. ކުލާހުގައި ވަށްބުރަކަށް އެތުރިގެން ތިބެ ކުރުމުން މިހަރަކާތް ވަރަށް މަޖާވާނެއެވެ. ނިންމުން ގެންދާއިރު ގިނަ ކުދިންނަށް ފުރުސަތު ދިނުން ވަރަށް މުހިންމެވެ.

ރިފްލެކްޓިވް ބީޗް ބޯލް

ނިންމުން ވަރަށްމަޖާ ގޮތަކަށް ގެންދަން ބޭނުންނަމަ “ރިފްލެކްޓިވް ބީޗް ބޯލް” ކުޅެވިދާނެއެވެ. މި ގޮތަށް މިހަރަކާތް ގެންދަނީ ބޯޅައެއްގައި ފިލާވަޅުން “ރިފްލެކްޓް” ކޮށްލަން ބޭނުންވާ ސުވާލުތައް ލިޔެގެންނެވެ.

މިސާލަކަށް:
• މިފިލާވަޅުން އެންމެ ބޮޑަށް އެނގިގެންދިޔަ އެންމެ އެއްޗެއް؟
• ފިލާވަޅުން ދިމާވިގޮންޖެހުމެއް؟
• ފިލާވަޅު ގެންދިޔަގޮތާއި ބެހޭ ގޮތުން ކުރެވޭ އިޙްސާސްތައް؟
• ފިލާވަޅުން އެންމެ ޝައުޤުވެރިވި ކަމެއް؟
• އެއްވެސް އެހެންކުއްޖަކަށް އެހީތެރިވެވުނުތަ؟
• މިއަދު ކިޔެވި ފިލާވަޅުން އެއްވެސް ބައެއް އެހެން މާއްދާއަކުން ކިޔަވައި ދެވުނުތަ؟
• މިއަދު އެނގުނު މަޢުލޫމާތުތައް ޚުލާސާކޮށް ކިޔައިދެވިދާނެތަ؟

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!