ޚަބަރު
އުޅަނދުފަހަރަށް އަރުވާ މުދަލަށް ލިބޭ ގެއްލުމާ ބެހޭ އާ ގަވާއިދު އެކުލަވާލައިފި
ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް އަރުވާ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު އުޅަނދުގެ ވެރިފަރާތުން ދޭންޖެހޭ ގޮތަށް ކަނޑު ދަތުރުފަތުރު ކުރުމުގެ ގަވާއިދު އެކުލަވާލައިފި އެވެ.
އަންނަ މެއި މަހުން ފެށިގެން އަމަލުކުރަން ފަށާ ގޮތަށް ހަދާފައިވާ, ޓްރާސްޕޯޓް މިނިސްޓްރީން އެކުލަވާލި އެ ގަވާއިދުގައި ބުނާ ގޮތުން, އުޅަނދުފަހަރަށް އަރުވާ މުދާ ރައްކާތެރިކަމާ އެކު އެ މުދަލެއް ގެންދަންޖެހޭ ބަނދަރަކަށް ގެންދެވޭކަން އުޅަނދުގެ ވެރިފަރާތުން ކަށަވަރުކުރަން ޖެހޭނެއެވެ. އަދި އުޅަނދަކަށް މުދާ އެރުވުމުގެ ތެރޭގައި ނުވަތަ މުދާ އުޅަނދުން ބޭލުމުގެ ތެރޭގައި އެ އުޅަނދެއްގެ ކެޕްޓަން ނުވަތަ ފަޅުވެރިއެއްގެ އަތުން މުދަލަށް ލިބޭ ގެއްލުމުގެ ޒިންމާ ނަގައި ބަދަލު، އުޅަނދެއްގެ ވެރިފަރާތުން ދޭން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ.
ޤަވާޢިދުގައިވާ ގޮތުން ކަނޑު ދަތުރުފަތުރު ކުރާ އުޅަނދަކަށް މުދާ ބަރުކުރުމުގެ ކުރިން އެ މުދަލަކާ ގުޅޭ މައުލޫމާތު، އުޅަނދުގެ ފަޅުވެރިންނަށް ނުވަތަ ކެޕްޓަނަށް، މުދަލުގެ ވެރިފަރާތުން ދޭން ޖެހޭނެ އެވެ. އަދި މުދަލުގެ ވެރިފަރާތުގެ ނަމާއި، އެޑްރެހާއި، ގުޅޭނެ ފޯނު ނަންބަރާއި މުދަލާ ހަވާލުވާނެ ފަރާތުގެ ނަމާއި، ގުޅޭނެ ފޯނު ނަމްބަރު ޖަހަން ޖެހޭނެ ކަމަށާއި މުދަލުގެ ބާވަތާއި ފަސޭހައިން ހަލާކުވާ ޒާތުގެ މުދަލެއްކަން ނުވަތަ ނޫންކަމާއި ބަހައްޓަންޖެހޭ ގޮތުގެ މައުލޫމާތު ވެސް އުޅަނދުގެ ވެރިފަރާތަށް ދޭނެ ޖެހޭނެ ކަމަށާއި މުދަލެއް އެރުވުމަށް ފަހު، އެ މުދަލެއް އެރުވިކަމުގެ ލިޔުން، މުދަލުގެ ވެރިފަރާތުން ބޭނުންނަމަ، އުޅަނދުގެ ކެޕްޓަނަށް ދޭން މަޖުބޫރު ކޮއްފައި ވާ އިރު އެ ގަވައިދުގައިވާ ކަންކަމާއި ހިލާފުވާނަމަ 1،000-2،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ބުނެފައި ވެއެވެ.
ނަމަވެސް ދަތުރުފަތުރު ކުރުމުގެ ގާނޫނާއި އެއްގޮތަށް، އުޅަނދުގެ ކެޕްޓަން ނުވަތަ ފަޅުވެރިއެއްގެ ގަސްތަކާ ނުލާ މުދަލަކަށް ގެއްލުމެއް ލިބިއްޖެ ނަމަ ބަދަލު ދޭކަށް ނުޖެހޭނެއެވެ.
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!