ފެންޑާ
ތަސްވީރަކާ ބެހޭ ގޮތުން ޖުހާ ކިޔައި ދިން ވާހަކައެއް – ގަބުރުގެ ޝަރީއަތް

މިއަދު ޖުހާއަށް ޒިޔާރަތްކޮށްލުމުން، ވަރަށް އާދަޔާ ޚިލާފު ވާހަކައެއް ކިޔައިދިނެވެ. ގަބުރެއްގެ މައްޗަށް ޝަރީއަތް ހިންގުނު ވާހަކައެވެ. ތަސްވީރެއް ދައްކައި، އެ ތަސްވީރު ކިޔައިދޭ ވާހަކަ ޖުހާ އޮޅުން ފިލުވައި ދިނެވެ. ޖުހާ، އޭނަގެ ވާހަކަ ކުރިއަށް ގެންދަމުން ބުންޏެވެ.

“ތަސްވިރުން އެފެންނަނީ ޕޯޕް ފޯމޯސަސްގެ ގަބުރު ރަމްޒުކޮށްދޭ ކުރެހުމެކެވެ. ފޯޕު ފޯމޯސަސްއަކީ 6 އޮކްޓޯބަރު 891 ފެށިގެން 4 އެޕްރިލް 896 ޕޯޕުކަން ކުރެއްވި ކެތަލިކުންގެ ލީޑަރެކެވެ. އޭނާ އަވަހާރުވުމަށް ފަހު، އޭނާގެ ވާދަވެރި ދުޝްމަނު ބައެއް މީހުން އޭނާގެ މައްޗަށް ޝަރީއަތް ކުރަން ނިންމިއެވެ. މިކަމުގެ އިސްވެ ހުންނެވީ ޕޯޕު ފޯމޯސަސްގެ ފަހުން ދެވަނައަށް ޕޯޕުކަމަށް އިސްވެވަޑައިގެންނެވި ޕޯޕު ސްޓީވަން ހަވަނައެވެ.”

ވާހަކަ އިތުރަށް އޮޅުން ފިލުވައިދިނުމުގެ ގޮތުން ޖުހާ ކިޔައިދިނެވެ. “ކޮންމެ އަކަސް، ފޯޕު ފޯމޯސަސްގެ މައްޗަށް ޝަރީއަތް ހިންގަން ކަނޑައެޅުމުން، ޕޯޕު ސްޓީވަންގެ އަމުރުފުޅަށް، ޕޯޕު ފޯމޯސަސްގެ ގަބުރު އޭގެ ޒިޔާރަތުން ނަގައި ފޯޕު ސްޓީވަންގެ ކޯޓަށް ހާޒިރުކުރެވުނެވެ. ޕޯޕު ފޯމޯސަސްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކަށް، އޭނާގެ ގަބުރު ޖަވާބުދާރީ ކުރުމަށެވެ. މިއީ ކޯޓެއްގައި ޖަވާބު ދާރީ ކުރުމަށްޓަކައި ކޯޓަކަށް، އާދެ، ޝަރީއަތުގެ މަޖުލީހަކަށް ގަބުރެއް ހާޒިރު ކުރެވުނު ފުރަތަމަ ފަހަރު ކަމުގައި ބެލެވިދާނެއެވެ.” ލާނެއް ރާގަކަށް ހީލާފައި ޖުހާ ބުންޏެވެ.

މީގެ އިތުރުން އަދިވެސް ޖުހާ ބުންޏެވެ. “ޕޯޕު ފޯމޯސަސްގެ ގަބަރުގެ ޝަރީއަތަކީ އެފަދަ މަންޒަރެއް ފެންނާނެ ފަހު ފަހަރު ކަމުގައި ވެސް، ބައެއް ‘އުނި’ ސިކުނޑިތައް ގަބޫލުކޮށްފާނެއެވެ. ނަމަވެސް، އުނި ސިކުނޑިތަކަށް ދުރު ނުވިސްނޭކަމާއި، މިފަދަ ކަންކަން ތަކުރާރުވުމަކީ ގާތްކަމެއް ކަން ވެސް ފަހުން ބުނެދޭނަމެވެ.”

މިހެން ބުނެފައި ޕޯޕު ފޯމޯސަސްގެ ޝަރީއަތުގެ ވާހަކަ، ޖުހާ ކުރިއަށް ގެންދިޔައެވެ. “ދެން އެންމެ ރަނގަޅެވެ. މިވަގުތު ތަސްވިރަށް ނަޒަރު ހިންގާލާށެވެ.” ޖުހާ ބުންޏެވެ. “ޕޯޕު ފޯމަސަސްގެ ގަބުރު އެއިނީ ގޮނޑިއެއްގައި ބޭންދިފައެވެ. ގަބުރަށް ވާހަކަ ނުދެއްކޭނެތީ އޭނާގެ ފަރާތުން ވާހަކަދައްކާނެ މީހަކު އެހިރީ އައްޔަނު ކުރެވިފައެވެ. ޕޯޕު ފޯމޯސަސްއަށް ކުރެވުނު ތުހުމަތަކީ އިތުރުފުޅު ހައްދަވައި އޮޅުވާލައްވަވައިގެން ޕޯޕުކަމުގެ މަގާމަށް އިސްވެވަޑައިގަތުމެވެ. މި ޝަރިއަތް ނިމުނީ ފޯމޯސަސްގެ ގަބުރު ކުށްވެރިވެގެންނެވެ. އަދަބެއް ގޮތުން، ޕޯޕު ފޯމޯސަސްގެ ޕޯޕުކަމުގެ ދައުރަކީ ބާތިލު ދައުރެއް ކަމުގައި ކަނޑައެޅުނެވެ.”

ދެން އަހަރެން ޖުހާކުރެން އެހީމެވެ. “ތިޔަ ގަބުރެއްގެ ޝަރީއަތުގެ ވާހަކަ މިހާރު ދެއްކުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ތިޔަ ކަހަލަ ކަންތައް ހިނގަނީ ސިޔާސީ ހަމަނުޖެހުން ބޮޑުވެ، ވެރިކަމަށް އައުމުގެ މަގުސަދަކަށް ބަދަލު ހިފުމާއި ވާދަވެރިންގެ ދުވަސް ދުއްވާލުމުގެ ނޭއްގާނި ރޫހު އޮންނަ ފަދަ ތަންތަނުގައި ނޫން ހެއްޔެވެ؟ އަހަރުމެން ރާއްޖެ ކަހަލަ ގިނަ ޕާޓީ ޑިމޮކުރަސީގެ ފުރިހަމަ ނިޒާމެއް އޮންނަ ތަންތަނުގައި، އަދި، ގައުމަށްޓަކައި އެމީހުންގެ ނަފްސުތައް ގުރުބާންކޮށްލަން ޖެހިލމެއް ނެތް ޒައީމުންތަކެއް ތިބި ތަނެއްގައި، ތި ކަހަލަ ކަން ކަމެއް ހިނގުމުގެ އެއްވެސް ފުރުސަތެއް އަމުދުން ނުވެސް އޮންނާނެ ނޫން ހެއްޔެވެ؟”

ދެން ޖުހާ ބުންޏެވެ. “ކަލޭމެން ތި އުޅެނީ ކޮން ރާއްޖެއެއްގައި ހެއްޔެވެ؟ މިހާރު ރާއްޖޭގައި ވެސް އެއުޅެނީ ޕޯޕު ފޯމޯސަސްގެ ގަބުރުގެ މައްޗަށް ހިންގި ކަހަލަ ޝަރީއަތް ކުރަން ނޫން ހެއްޔެވެ؟ މަރުހޫމު އަމީން ދީދީގެ ވެރިކަން ވެއްޓުމާއި އޭނާ އަވަހާރަކޮށްލުމުގެ ޝަރިއަތް ކުރަން ނޫން ހެއްޔެވެ؟ އަދި، ދިވެހި ދައުލަތް ބައިކޮށް ފޮތިކޮށްލުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށް ބަލައި، އެކަން ހުއްޓުވަން ނިކުންނެވެި ރައީސް ނާސިރުގެ މައްޗަށް ވެސް އެ އުޅެނީ ޝަރީއަތް ހިންގަން ނޫން ހެއްޔެވެ؟ މީގެ އިތުރުން، ދެހާސް ބާރައިގެ ބަޣާވަތުގެ ޝަރިއަތް ވެސް ހިންގަން ޖެހޭ ނޫން ހެއްޔެވެ؟ އަދި އެކަން ކުރަން އުޅޭ ކަހަލަ ޚަބަރުތައް ވެސް އެބަ ފެތުރެއެވެ!”

ދެން ޖުހާ ގާތު އަހަރެން ބުނީމެވެ. “ދެން އޭގެ އޮތް މައްސަލައަކީ ކޮބާ ހެއްޔެވެ؟ މަރުހޫމު އަމީން ދީދީ ވެސް ހަމަ އަވަހާރަކޮށްލެވުނީ ނޫން ހެއްޔެވެ؟ އެކަން ކުރި ބަޔަކަށް އަދަބެއް ނުދެވޭ ނޫން ހެއްޔެވެ؟ އެ މީސް މީހުންނަށް އަދަބު ދެވެން ޖެހޭނެ ނޫން ހެއްޔެވެ؟ ހަމަ އެހެންމެ، ރައީސް ނާސިރުގެ ފަރާތުން ވެސް ދެކުނުގެ ބަޔަކަށް އަނިޔާ ލިބުނު ނޫން ހެއްޔެވެ؟ ހަމަ އެހެންމެ 2012 ގައި ބަޣާވަތް ކުރި މީހުންނަށް ވެސް އަދަބު ދެވެން ޖެހޭނެ ނޫން ހެއްޔެވެ؟”

ޖަވާބުގައި ޖުހާ ބުންޏެވެ. “ތިޔަ ދައްކަނީ ހަމަ ހުސް ރަނގަޅު ވާހަކައެވެ. ނަމަވެސް، ފުރަތަމަ މައްސަލައިގައި ދަތިތަކެއް ކުރިމަތިވާނެއެވެ! ރައީސް އަމީން ދީދީ އަވަހާރަކޮށްލުމުގައި ބައިވެރިވި މީހުންގެ ތެރެއިން އެއްވެސް މީހަކު ދުނިޔެއަކު މިއަދު ހުންނާނެ ހެން ހިޔެއް ނުވެއެވެ. އެމީހުންނަކީ ކޮން ބައެއްކަން ކަނޑައަޅާލުމަށް ފަހު، އެމީހުންގެ ގަބުރުތައް ހޯދުންވެސް ފަހަރެއްގައި ދަތި ވެދާނެއެވެ. އެމީހުން ވަޅުލެވުނީ މާލޭގައި ކަމަށް ވަންޏާ، އެމީހުން ވަޅުލެވިފައިވާނީ ސަހަރާތަކާއި މިސްކިއްތަކުގައެވެ. މިސްކިތްތަކުން ގަބުރުތައްވަނީ ކޮނެގެން ނަގައި ސަހަރާތަކުގައި ވަޅުލާފައޭ، ކަނޑުތަކާއި ފަޅުތަކަށް އުކާލާފަޔޭ ވެސް، ކިޔާ އަޑު އަހަމެވެ.

ދެން އަނެއް މައްސަލައަކީ ސަހަރާތަކުގައި ވަޅުލެވުނު ވަޅުލެވުންތަކުގެ މައްޗަށް ވަނީ ބަރިބަރިއަށް ފަސްއަޅައި އުސްކުރެވިފައެވެ. އެހެންވެ، މަރުހޫމް އަމީން ދީދީ އަވަހާރަކޮށްލި މީހުންގެ ގަބުރުތައް ވަޅުލެވިފައިވަނީ ކޮން ބަރިއެއްގައިކަން ވެސް ހޯދަން ޖެހެއެވެ.”
ދެން އަހަރެން ބުނީމެވެ. “ދެން އެ ގަބުރުތަކުގެ ފަރާތުން ވާހަކަދައްކާ މީހުން، އެމީހުންގެ ވާހަކައި ދިފާއުގައި އަމީންދީދީ ކުށްވެރިކުރަން އެއްޗެއް ބުނެފިއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟”

ދެން ޖުހާ ބުންޏެވެ. “ރައިސް އަމީން ދީދީ ކުށްވެރިކުރަން ބުނެވޭނީ ކޮން އެއްޗެއް ހެއްޔެވެ؟ އަދި ކުށެއް ކުރައްވާފައި އޮތަސް އެ ފަދަ އަނިޔާވެރި ގޮތެއްގައި އަވަހާރަކޮށްލެވިގެން ނުވާނެ ނޫން ހެއްޔެވެ؟”

އަހަރެން ބުނީމެވެ. “އިހަށް ދުވަހު އަޑު އެހި ޕުރޮގުރާމެއްގައި ވާހަކަ ދެއްކި ރާ އަތޮޅު ބޭކަލުކު ވިދާޅުވި ގޮތުގައި އެ ބޭކަލެއްގެ ރަށުގެ މީހުންގެ އެތައް ސަތޭކަ މީހުންނެއް ބަނޑަށް ޖެހިގެން ބޮޑު ތަދުގައި މަރުވިއެވެ. މިކަން ހިނގީ މަރުހޫމު އަމީން ދީދީގެ ވެރިކަމުގައި ނޫން ހެއްޔެވެ؟ އެއްކަލަ ގަބުރުތަކުގެ ފަރާތުން ވާހަކަދައްކާ މީހުން، އެ ތަދުގައި އެހާ ގިނަ ބަޔަކު މަރުވާން ދިމާވީ ސީދާ އަމީން ދީދީގެ ސިޔާސަތުންނޭ ބުނެ، އެކަމުގެ މަސްއޫލިއްޔަތު ރައީސް އަމީން ދީދީގެ އިސްތަށިފުޅުގައި އަޅުވަން އުޅެފިއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ބޮޑު ތަދުގައި ރާއްޖޭގެ އެތައް އެތައް ބަޔަކު މަރުވިއެވެ. މިސާލަކަށް އޭރު 900އެއްހާ އާބާދީ އޮތް މ. ނާލާފުށީގެ އާބާދީ ތަދުގެ ދޮޅު އަހަރެއްހާ ދުވަސް ނިމުނު އިރު އޮތީ 300އަށް ބަދަލުވެފައެވެ. ތަދުގައި ބަނޑަށް ޖެހިގެން ރަށުގެ ތިންބައި ކުޅަ ދެބައި ބަނޑަށް މަރުވީއެވެ! އެވެސް ހަމަ މަރު ނޫން ހެއްޔެވެ؟ އާންމުންގެ ސަތޭކަ މަރު ވެރިއެއްގެ މަރާ ނުބައްދަލުވަނީ ހެއްޔެވެ؟”

ދެން އެކަން ކުރާނެ ގޮތް ޖުހާ ބުނެދިނެވެ. “ވިހަމަނާފުށިން އަމީން ދީދީގެ ގަބުރު ކޮނެގެން ނަގައިގެން ގެނެސް ޖަވާބުދާރީ ކުރުވާނީއެވެ. އެމަނިކުފާނުގެ ފަރާތުން ވާހަކަދައްކާނެ މޮޅެތި ވަކީލުން ތިބޭނެއެވެ. އެމީހުން ލައްވާ އެ މަނިކުފާނުގެ ސިޔާސަތު ދިފާއުކުރާނީއެވެ.!”

ދެން އަހަރެން ވެސް އިބިލީސް ހެދިފައި ބުނީމެވެ. “ޖުހާއެވެ! ދެން އެންމެ ރަނގަޅެވެ! އަމީން ދީދީ ޒަޚަމްވެވަޑައިގެން އޮންނެވި އިރު، އޭނާގެ ހާލުކޮޅު ބައްލަވަން ހަވާލުވެވަޑައިގެން އިސްކޮށް ހުންނެވީ މަރުހޫމް ރައީސް ނާސިރު ނޫން ހެއްޔެވެ؟ އެ ދުވަސް ވަރު ރާއްޖެއިން ލިބެން ހުރި ރަނގަޅު ފަރުވާ އަމީން ދީދީއަށް ދެއްވުމުގައި މަރުހޫމު ނާސިރުގެ އިހުމާލު އޮތްކަން ބައެއް މުއައްރިޚުން ބުނެއެވެ. އެހެންވީމާ މިކަން ވެސް ބަލަން ޖެހޭނެ ނޫން ހެއްޔެވެ؟”

ޖުހާ ބުންޏެވެ. “ތިއީ މާ ބޮޑު ކަމެއް ނޫނެވެ. ހުކުރު މިސްކިތް ކޮނެ މަރްހޫމު ނާސިރުގެ ގަބުރު ނަގައި ޝަރިއަތަށް ހާޒިރުކުރާނީއެވެ. އަދި، އެ ޝަރީއަތް ނިންމަތް، ދެކުނު ބަޣާވަތުގެ މައްސަލައާ ބެހޭ ގޮތުން ވެސް ރައީސް ނާސިރާ ސުއާލު ކުރާނީއެވެ!”

ދެން އަހަރެން ބުނީމެވެ. “މިކަންކަން ކުށްވެރިކުރައްވައި މަރުހޫމު ޖަމީލު ދިދީ ޅެން ހައްދަވައިފައި އޮވެއެވެ. މަރުހޫމު ނާސިރު ކުށްވެރިކުރަން ހެއްކެއްގެ ގޮތުގައި މަރުހޫމު ޖަމީލު ދީދީ ހާޒިރު ކުރަން މީހަކު އެދެފި ނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟”

ތިޔައީ ވެސް މާ ބޮޑު ކަމެއް ނޫނެވެ. “ގަލޮޅު ސަހަރާ ކޮނެ، ޖަމީލުދީދީއާއި ސީދީގެ ގަބުރުފުޅު ވެސް ޝަރީއަތަށް ހާޒިރުކުރާނީއެވެ!”

އަހަރެން ބުނީމެވެ. “ޕޯޕު ފޯމޯސަސްގެ ގަބުރުގެ ޝަރީއަތުން އިލްހާމު ލިބިގެން ތިހުރިހާ ޝަރީއަތެއް ކުރަން ފެށުމުން ވަރަށް ގިނަ އާދައިގެ މީހުން ވެސް އެމީހުންގެ މައްސަލަތައް ބަލަން އެދޭނެ ނޫން ހެއްޔެވެ؟ މަރްހޫމު ނާސިރުގެ ދައުރުގައި އެއްވެސް ކުށެއް ނެތި، ހީއެއްގެ މައްޗަށް ބަންދުކުރެވި އަނިޔާ ލިބުނު އެތައް ބަޔަކު އަހަރެން ދަންނަމެވެ. އެމީހުންގެ ޝަރީއަތް ކުރަން އެމީހުންގެ ގާތް ތިމާގެ މީހުން އެދިއްޖެ ނަމަ ކަންތައް ވާނީ ކިހިނެއް ހެއްޔެވެ؟ މީގެ އިތުރުން، 2012ގެ ކުރީގައްޔާއި އަދީ އޭގެ ފަހުންވެސް، ގާނޫނުތަކާ ޚިލާފަށް ކަންކަން ނިންމާފައި އެބަ ހުރި ނޫން ހެއްޔެވެ؟ އަދި، ނޮވެމްބަރު ތިނެއްގެ ލުތުފީ ތަމަޅަ ހަނގުރާމަވެރިންނަށް ދައުވަތު ދީގެން ރާއްޖެ ގެނައި ގޮތަށް، ބޭރުގެ ޓީވީ ތަކުގައި ބައެއް ބޮޑެތި އިއްޒަތްތެރިން، ރާއްޖެ ހިފުމަށް އިންޑިޔާއަށް ދައުވަތު ދިނެއް ނޫން ހެއްޔެވެ؟ އެކަން ބެލުމަށް ބަޔަކު ހުށަހަޅައިފި ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟”

ދެން ޖުހާ ބުންޏެވެ. “މިވަގުތު ތިއީ މާ ބޮޑެތި ކަންތައް ތަކެއް ނޫނެވެ. އާދައިގެ މީހުންނަށް ލިބޭ އަނިޔާއަކީ އަނިޔާއެއް ނޫނެވެ. އެއީ ހަމަ ނިޔާއެވެ. އެހެންވެ، އާދައިގެ މީހުންގެ އެފަދަ މައްސަލަތައް ކޯޓުތަކުން ބަލައި ނުގަންނަ ގޮތް ހެދޭނެއެވެ. ދެން ތިބުނާ އިއްޒަތްތެރިން އިއްޒަތްތެރިންގެ ގޮތުގައި ތިބި ހިނދަކު ތިމައްސަލައެއް ނުޖެހޭނެއެވެ. އެހެންވެ، މުހިއްމުވާނީ އިއްޒަތްތެރިން އިއްޒަތްތެރިންގެ ގޮނޑިތަކުގައި އުމުރަށް ތިބެވޭ ގޮތަށް ކަންތައް ރޭވުމެވެ. އޭރުން، އެފަދަ ދައުވާއެއް އުފުލައި އެކަމުގެ ޝަރީއަތް ކުރެވޭނޭ ގޮތެއް ނޯންނާނެއެވެ!”

ދެން އަހަރެން ބުނީމެވެ. “ތިޔަ ދައްކަނީ ބުއްދުވިެރި ހަމަ ޖެހޭ ވާހަކައެވެ. ގައުމު ކުރިއަރުވަން، ހަރުދަނާ އެއްވެސް ކަމެއް ކުރަން ނޭނގިއްޖެ ހާލަތެއްގައި، އެކަން ފޮރުވުމުގެ ގޮތުން، ތިޔަފަދަ ގަބުރުތަކުގެ ޝަރީއަތްތައް ކޮންމެހެން ވެސް ހިންގާލަން ޖެހޭނެއެވެ. އަދި އެ ގޮތުގައި ގައުމުގެ ޚަޒާނާ ވެސް ހުސްކުރަން ޖެހޭނެއެވެ. އެފަދަ މާނަ ހުރިކަންކަމުގައި އަހަރުމެންގެ ވަގުތުތައް ހޭދަކުރަން ޖެހޭނެއެވެ. އަހަރުމެންނަށް އަދުލު އިންސާފު ގާއިމުކުރެވި ހަގީގީ ކުރިއެރުން ލިބޭނީ ޕޯޕު ފޯމޯސަސްގެ ގަބުރުގެ ޝަރީއަތުގެ އިލްހާމުން އިލްހާމު ލިބި އެފަދަ ޝަރީއަތްތަކާއި އަދި، ވެރިކަމާ ކުރިމަތިލާން އުޅޭ ވާދަވެރިންނާއި ސިޔާސީ ދުޝްމަނުންގެ ގޮތުގައި ހުނި ޖަހާލެވޭ މީހުންގެ ޝަރީއަތްތައް ކުރެވި، އެފަދަ އެންމެން ކުށްވެރިވެސް ކުރެވިގެންނެވެ.!”

ދެން ޖުހާ އަހަންނަށް ބުންޏެވެ. “މިހާރު ކަލޭ ތިދަނީ ކަލޭގެ އުނި ސިކުނޑި އިސްލާހު ކުރަމުންނެވެ. ހަމަ ފެނި، ހަމަ ގަބޫލުކުރަމުންނެވެ!”

ދެން ވާހަކަ ނިންމާލާފައި ޖުހާއާ ސަލާންކޮށްފައި އެނބުރި ގެއަށް އައީމެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!