ޚަބަރު
ސަރުކާރުގެ އެންމެ ބޮޑު ހިޔާނަތަކީ މަސްކަނޑު ވިއްކައިލުން: އާދަމް ޝަރީފް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ވި އެންމެ ބޮޑު ޙިޔާނަތަކީ ރާއްޖޭގެ މަސް ކަނޑު ވިއްކައިލުން ކަމަށް، މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބުރައީސް، އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަޙައްދުގެ އިން ކަނޑައެޅި މައްސަލައަށް އިޝާރާތް ކުރައްވައި، ކުރެއްވި ޓްވީޓެއްގައި އޭނާ ވިދާޅުވީ، މި ސަރުކާރު ނިމުނަސް، އަދި އެމްޑީޕީ ބައިބައި ވިޔަސް ދިވެހި ޤައުމު އޮންނާނެ ކަމަށެވެ. އަދި ރާއްޖޭގެ މުސްތަޤުބަލް ހިމާޔަތް ކުރަންޖެހޭ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)ގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައެޅުމުގެ މައްސަލަ ބައްލަވައި، އިއްވެވި ޙުކުމްގައި ވަނީ، ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަޙައްދު ބެހުމުގައި ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީއާއި އެމްއެންޕީ އަދި ރައީސް ނަޝީދަށް ތާއީދުކުރާ މެމްބަރުން ގުޅިގެންވަނީ  ރާއްޖެއާއި މޮރީޝަސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ރާއްޖޭގެ ދެކުނުގެ އިގުތިސާދީ ސަރަހައްދުން ބައެއް މި ސަރުކާރުން ‘ވިއްކާލި’ ކަމަށް ބުނެ އެޓާނީ ޖެނެރަލް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހައްވެސް ވައްދާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!