ޚަބަރު
އާކޮންޓްރެކްޓްގައި ސޮއި ނުކޮށްފިނަމަ އެމްބާޕޭ ވިއްކާލަނީ

އާ ކޮންޓްރެކްޓެއްގައި ސޮއި ނުކޮށްފިނަމަ މި އަހަރުގެ ހޫނު މޫސުމުގައި އެމްބާޕޭ ވިއްކާލާނެ ކަން ޕީއެސްޖީގެ ވެރިޔާ ނާސިރު އަލް ކެލައިފީ ޔަގީންކޮށްދެއްވައިފިއެވެ.

ފާއިތުވި ހަފުތާތަކުގައި ރެއާލް މެޑްރިޑުން ވަނީ ކިލިއަން އެމްބާޕޭ ގެނައުމަށް މަސައްކަތް ވަރަށް ބޮޑަށް ކޮށްފައެވެ. އެއީ އަންނަ އަހަރުގައި ފްރީ އެޖެންޓެއްގެ ގޮތުގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ދޫކޮށްލަން އުޅޭކަން ފްރާންސްގެ ކެޕްޓަން ކަށަވަރުކޮށްދީފައި ވަނިކޮށެވެ.

އެމްބާޕޭ ވަނީ 2022 ވަނަ އަހަރު 1 އަހަރުގެ އޮޕްޝަނާއެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެކަމަކު އޭނާ ބުނީ އޭނާގެ އޮޕްޝަން އިތުރު ކުރުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އޭގެ މާނައަކީ ޖެނުއަރީ މަހުން ފެށިގެން އާ ކްލަބަކާ އެކު ޕްރީ ކޮންޓްރެކްޓް އެއްބަސްވުމެއްގައި ސޮއިކުރުމުގެ މިނިވަންކަން އޮތް ކަމަށެވެ.

ނާސިރު އަލް ކެލައިފީ

ރެއާލް މެޑްރިޑުން އެއްބަސްވުމަކަށް އައުމަށް އެހާ ހިސާބަށް އިންތިޒާރު ކުރަން ތައްޔާރަށް އޮތްއިރު، ދެން އަންނަ ޓްރާސްފާ މާރކެޓްގައި އެމްބާޕޭ ހިލޭ ޓްރާންސްފާއެއްގައި ސޮއިކުރާނެ އެވެ.  އެ ޓީމުގެ ވެރިޔާ ނާސިރު އަލް ކެލައިފީ  (ފެބްރިޒިއޯ ރޮމާނޯ މެދުވެރިކޮށް) ދިން އިންޓަވިއުއެއްގައި ބުނީ އެމްބާޕޭ އާ އެއްބަސްވުމެއްގައި ސޮއި ނުކޮށްފިނަމަ މި ހޫނު މޫސުމުގައި އޭނާ ވިއްކާލަން މަސައްކަތް ކުރާނެ ކަމަށެވެ.

.”ކިލިއަން އެމްބާޕޭ އަންނަ ހަފުތާގައި ނުވަތަ ދެ ހަފުތާގެ ތެރޭގައި ގޮތެއް ނިންމަން ޖެހޭނެއެވެ. އާ ކޮންޓްރެކްޓެއްގައި ސޮއިކުރަން ބޭނުން ނުވާނަމަ ދޮރު ވަނީ ހުޅުވިފަ އެވެ. ކްލަބަށް ވުރެ ބޮޑު މީހެއް، ކުޅުންތެރިއެއް، އަޅުގަނޑަށް ނޯންނާނެކަން ވަރަށް ސާފުކޮށް އެނގެއެވެ”.

އެމްބާޕޭ ގެންދަން އަންނަ ސީޒަނާ ހަމައަށް އިންތިޒާރު ކުރަން ރެއާލް މެޑްރިޑުން ތިބީ ވަރަށް ތައްޔާރުވެފައެވެ. ނަމަވެސް މި އަހަރުގެ ހޫނު މޫސުމުގައި ޕީއެސްޖީން އޭނާ ވިއްކާލުމުގެ ވިސްނުން ފާޅުކުރަމުން އަންނައިރު، އޭގެ މާނައަކީ އޭނާ އަކީ ރިއާލް މެޑްރިޑްގެ ކުޅުންތެރިއަކަށް ހެދުމަށް ޓަކައި އެމީހުން މަސައްކަތް ކުރަން ޖެހެއެވެ.

ރިއާލް މެޑްރިޑްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް އިން އަންނަނީ ސްޓްރައިކަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ހެރީ ކޭން އަކީ އެ ޓީމުގެ ޓާގެޓަކަށް ވީ ނަމަވެސް ސްޕާސް އިން އޭނާ ސީދާ ވާދަވެރިންނަށް ވިއްކާނުލާނެ ކަމަށް ބެލެވެ އެވެ. އޭގެ ސަބަބުން އެމްބާޕޭ އެ ޓީމަށް ގެނައުމުގެ ފުރުސަތުތަކެއް އެބައޮތެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!