ކުޅިވަރު
މެންޗެސްޓާ ޔުނައިޓެޑްގެެެ ގޯލްކީޕަރު ޑޭވިޑް ޑި ގެއާ އެޓީމުން ވަކިވިކަން އިޢުލާންކޮށްފި

ސްޕެއިންގެ ގޯލްކީޕަރު ޑޭވިޑް ޑި ގިއާ މެންޗެސްޓާ ޔުނައިޓެޑްގައި ގިނަ ދުވަސް ވަންދެން އުޅުމަށްފަހު މިއަދު އޯލްޑް ޓްރެފޯޑްގެ ކޮންޓްރެކްޓް ނިމުމަކަށް ގެނެސްފައި ވާކަން ކަށަވަރުކޮށްދީފި އެވެ.

އޯލްޑް ޓްރެފޯޑުން ވަކިވިކަން ކަށަވަރުކޮށް ޑޭވިޑް ޑި ގިއާ ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް އިމޯޝަނަލް އަލްވަދާޢުގެ މެސެޖެއް ފޮނުވައިފި އެވެ.

“އަހަރެން ބޭނުންވީ މެންޗެސްޓާ ޔުނައިޓެޑްގެ ހުރިހާ ސަޕޯޓަރުންނަށް މި ވަދާއީ މެސެޖު ދޭން،” ސޯޝަލް މީޑިއާގައި އޭނާ ލިޔެފައިވެ އެވެ. “ވޭތުވެދިޔަ 12 އަހަރުގެ ލޯތްބަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. “އަހަރެންގެ ލޮބުވެތި ސަރ އެލެކްސް ފާގަސަން އަހަރެން މި ކްލަބަށް ގެނައި ފަހުން އަހަންނަށް ވަރަށް ގިނަ ކާމިޔާބީތަކެއް ލިބިއްޖެ ކަމަށާއި އަޅުގަނޑު މި ޖާރޒީ ތުރުކުރާ ކޮންމެ ފަހަރަކު ޓީމް ލީޑްކުރާ ކަމަށެވެ. ދުނިޔޭގެ އެންމެ ބޮޑު ކްލަބަށް ކުޅެލަން ފުރުސަތު ލިބުމަކީ ހަމައެކަނި މަދު ނަސީބުވެރި ފުޓުބޯޅަ ކުޅުންތެރިންނަށް ލިބޭ ޝަރަފެއްކަމަށް ވެސް ބުންނެވެ.

ޑޭވިޑް ޑި ގިއާ

އަޅުގަނޑު މިތަނަށް އައިފަހުން ހަނދާން ނައްތާނުލެވޭ ވަރުގެ އަދި ކާމިޔާބު ދުވަސްތަކެއް ވެސް ގޮސްސިއެވެ. ކުޑަކުއްޖެއްގެ ގޮތުގައި އެތްލެޓިކޯ މެޑްރިޑް ދޫކޮށްލުމުން އެއިރު މި ކާމިޔާބެއް ހާސިލްވާނެ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ. މިހާރު މިއީ އާ ޗެލެންޖެއް ކުރަން ވީ ވަގުތުކަމާ އަދި މިއީ އަނެއްކާވެސް އާ މާހައުލެއްގައި އާ އަޒުމެއްގައި އަމިއްލަ ނަފްސަށް ބާރު އެޅުމަށް އެންމެ ރަނގަޅު ވަގުތުކަމަށެވެ. މެންޗެސްޓާ އަބަދުވެސް އިންނާނީ އަހަރެންގެ ހިތުގައި، އަހަރެން ދުވަހަކުވެސް އަހަރެން މެންޗެސްޓާ ޔުނައިޓެޑް ދޫކޮށްނުލާނެ ކަމަށްވެސް ޑޭވިޑް ޑި ގިއާ ބުނެފައިވެއެވެ.

ޑޭވިޑް ޑި ގިއާ ވަނީ ސަޕޯޓަރުންނާއި އޭނާގެ ޓީމުގެ ބައިވެރިންގެ ފަރާތުން މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަތަރު ފަހަރެއްގެ މަތިން ހޯދާފައެވެ. މީ އޭނާގެ ކުޅުމުގެ ފެންވަރު ދައްކުވައިދޭ ކަމެއްކަމަށް ގިނަ މީހުން ދެކެއެވެ. އޭނާ ހުންނާނީ ކްލަބުގެ ތާރީހުގައި ވެސް އެންމެ މޮޅު އެއް ގޯލްކީޕަރުގެ ގޮތުގަ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!