25 މޭ 2023 ވަނަ ދުވަހު ހަތާ މޯލްޑިވްސް ތިނަދޫ ގެ ތެޔޮ ބާޖް (ހަތާ ބާނި) އަށް ދިމާވި އަލިފާނުގެ ހާދިސާގައި މީހުންނާއި ތަކެތި ސަލާމަތް ކުރުމަަށް ހިތްވަރާއެކު ކެރިގެން ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެކަމުގެ އަގުވަޒަންކޮށްފިއެވެ.
މިގޮތުން އަލިފާނުގެ ހާދިސާގައި މީހުންނާއި ތަކެތި ސަލާމަތް ކުރުމަަށްނުކުތް 3 ފަރާތްތަކުގެ އަގުވަޒަންކޮށް އެބޭފުޅުންނަށް ވަނީ ހަދާނީ ފިލާ އެއްދެއްވާފައެވެ.
ހަދާނީ ފިލާ އަރުވާފައިވަނީ
- އަލްފާޟިލް މަޒީދު ޤާސިމް، އޮޅުތެރޭގެ / ގދ. ތިނަދޫ
- އަލްފާޟިލް ޙަސަން ޢަބްދުލް ޢަޒީޒު، މިންވަރު / ގދ. ތިނަދޫ
- އަލްފާޟިލް އިބްރާހިމް ވަޙީދު ، ކިނާރީގެ / ގދ. ތިނަދޫ
އެ ހާދިސާ ހިނގާފައިވަނީ ބޯޓަށް ތެޔޮ އަޅަމުން ދަނިކޮށް ތެޔޮ އަޅަން ބޭނުންކުރި ޕަމްޕުގައި ރޯވުމުގެސަބަބުންނެވެ. އެހާދިސާގައި ބޯޓުގައިވެސް ކޮންމެވެސް ވަރަކަށް އަލިފާން ރޯވި ނަމަވެސް ބޯޑު ޖެޓީން ދުރުކޮށް އަލިފާން ބޯޓަށް ފެތުރުމުގެ ކުރިން ވަނީ ނިއްވާލާފައެވެ.