ޚަބަރު
ރައީސް ޞޯލިހަކީ މުސްލިމް ޤައުމެއްގެ ވެރިޔަކަށް ބަހައްޓަން ހެޔޮވާވަރު މީހެއްނޫން: އާދަމް ޝަރީފް

ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ވެރިޔަކަށް ބަހައްޓަން ހެޔޮވާވަރު މީހެއްނޫން ކަމަށް ޕީއެންސީގެ ނައިބުރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ކުރިއަށްއޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުންދާއިރު ދިވެހިން ވިސްނަންވީ ކަންތައްތަކެއް އެބަހުރިކަމަށް ވިދާޅުވެ މިރޭ އިދިކޮޅުން ބޭއްވި ”ރައީސް ޔާމީން 2023 ރެލީ“ ގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވީއިރު މިޤައުމުގެ ވަލިއްޔުލް އަމުރަކީ ރާއްޖޭގައި އިސްލާމީ ޙަޟާރާތު ފެތުރުމާއި، ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރައްވަން ޖެހޭނެ ވެރިއެއް ކަމުގައިވާންޖެހޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަނީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވީއިރު އަޅުގަނޑުމެންގެ ވަލިއްޔުލް އަމުރަކީ ރާއްޖޭގައި އިސްލާމީ ޙަޟާރާތު ފެތުރުމާއި، ރާއްޖޭގެ އިސްލާމީ އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތްކުރައްވަން ޖެހޭނެ ވެރިއެއް“ އާދަމް ޝަރީފް ވިދާޅުވިއެވެ.

އެހެންނަމަވެސް މިފާއިތުވެގެންދާ ފަސް އަހަރުގެ ތެރޭގައި ފެނިގެން މިދިޔައީ ރާއްޖޭގައި އިސްލާމްދީނަށްކުރާ އިޙްތިރާމާއި ޤަދަރު ކުޑަވެގެން ދިޔަތަންކަމަށާއި، ކީރިތި ޤުރުއާނާއި، ރަސޫލާ ﷺ އާއި މާތްﷲ އަށް ހަޖޫ ޖަހާ ކަންތައްތައް ކުރިމީހުންނަށް މިސަރުކާރުން ހިމާޔަތްދީފައި ނުވިތާކަށް ސަރުކާރުން ބޮޑެތި މަޤާމްތައްވެސް ދިންކަން އާދަމް ޝަރީފް ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުގެ އެ ޢަމަލަކީ ޔަހޫދީ މުނާފިޤު ޢަމަލެއް ކަމަށާއި، ރައީސް ޞޯލިހަކީ މުނާފިޤެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއާއިއެކު ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހަކީ ދިވެހިރާއްޖެ ކަހަލަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ވެރިޔަކަށް ބަހައްޓަން ހެޔޮވާވަރު މީހެއްނޫން ކަމަށާއި ރައީސް ޞޯލިހު ވަގުތުން އިސްތިއުފާ ދިނުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.

”އިބްރާހިމް މުޙައްމަދު ޞޯލިހަކީ މުނާފިޤެއް. އިބްރާހިމް މުޙައްމަދު ޞޯލިހަކީ ދިވެހިރާއްޖެ ކަހަލަ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ވެރިޔަކަށް ބަހައްޓަން ހެޔޮވާވަރު މީހެއްނޫން. އަޅުގަނޑު މިރޭވެސް ގޮވާލަން ވަގުތުން އިސްތިއުފާ ދިނުމަށް“ އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ މި ޤައުމު މި ޤައުމެއްގެ ގޮތުގައި މި އޮންނަނީ އިސްލާމްދީނުގެ ޙިދާޔަތުގެ އަލީގައި ތިބީމައި ކަމަށާއި، އެހެންކަމުން މިއީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ވިސްނާލުން މުހިންމު ކަމެއްކަމުގައި އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފްގެ ވާހަކައިގައި ވަނީ އިދިކޮޅުގެ ރިޔާސީ ޙަރަކާތްތައް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް އެޕާޓީގެ މެމްބަރުންނަށް ގޮވާލައްވާ އަދި އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް ދިވެހި ސަރުކާރަށް ގޮވާލައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!