ޚަބަރު
މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ކަމުން ހެރީ މެގުއާ ވަކިކޮށްފި

ހެރީ މެގުއާ ވަނީ އެރިކް ޓެން ހޭގްއާ އެކު މަޝްވަރާ ކުރުމަށް ފަހު، މެން ޔުނައިޓެޑްގެ ކެޕްޓަނަކަށް އޭނާ ނުހުންނާނެ ކަމަށް ބުނެފަ އެވެ.

އެރިކް ޓެން ހޭގްއާ މިއަދު މަޝްވަރާކުރުމަށްފަހު އޭނާ ވަނީ ކެޕްޓަން ބަދަލުކުރާކަން އަންގާފައިވާ ކަމަށް މެގުއާވަނީ ބުނެފައެވެ. އޭނާގެ ސަބަބުތައް އޭނާއަށް ކިޔައިދިން އިރު، އަމިއްލަ ގޮތުން ވަރަށް ބޮޑަށް މާޔޫސްވެފައިވާކަމަށް ވެސް ބުނެނެވެ. އަދި ޖާރޒީލާ ކޮންމެ ފަހަރަކު ވެސް އަހަރެންގެ ހުރިހާ އެއްޗެއް މެޗައް ދޭކަމަށް ވެސް އޭނާ މީސްމީޑިއާ އިން ފޮނުވި މެސެޖުގައިވެއެވެ.

“އެހެންވީމާ، އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ބޭނުންވަނީ، މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް, އަޅުގަނޑު އާމްބޭންޑް އަޅައިގެން ހުރި އިރު ދެއްވި، ފުރިހަމަ އެއްބާރުލެއްވުމަށް”

މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން އޭނާ އެ މަގާމާ ހަވާލުވި ދުވަހުން ފެށިގެން މެންޗެސްޓާ ޔުނައިޓެޑަށް ލީޑް ކޮށްދިނުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއްކަމަށާއި އަދި ކެރިއަރުގެ މިހާތަނަށް ލިބުނު އެންމެ ފަޚުރުވެރި އެއް ވަގުތުކޮޅު ކަމަށްވެސް އެ މެސެޖުގައިވެއެވެ. އަދި މިއީ ކްލަބް ފުޓްބޯޅައިގައި ލިބުނު އެންމެ ބޮޑު ޝަރަފު ކަަމަށެވެ. ޔުނައިޓެޑަށް ކާމިޔާބު ހޯދައިދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި, އެއީ ދަނޑުތެރޭގައާއި ދަނޑުން ބޭރުގައި ވެސް ކުރަން ޖެހުނު ކަމެެއްކޮށްގެން ކަމަށެވެ.

މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި އޭނާ ފެށީ އެންމެ 8 މެޗެވެ. އޭނާގެ ބަދަލުގައި ރަފައެލް ވެރާން، މާޓިނޭޒް، ލިންޑެލޯފް އަދި ލެފްޓް ބެކް ލޫކް ޝޯ އަށްވަނީ އިސްކަން ދީފައެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ޓެން ހޭގް އޭނާގެ ސްކޮޑާ ވާހަކަ ދައްކައި، އެ މަގާމަށް ބޭފުޅަކު ހަމަޖެއްސުމާ މެދު އެ މީހުންގެ ހިޔާލު ހޯދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!