ޚަބަރު
އެމްބާޕޭއަށް 1 ބިލިއަން ޔޫރޯގެ އާކޮންޓްރެކްޓެއް

އެމްބާޕޭއަށް އާކޮންޓްރެކްޓުގެ ހުށަހެޅުން ތަކެއް ލިބިފައިވާއިރު، ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި އޭނާ އަށް 1 ބިލިއަން ޔޫރޯ (865 މިލިއަން ޕައުންޑް) ލިބޭނެ ކަމަށާއި އެ ކްލަބުގެ އަމާޒަކީ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް އަދި ރެއާލް މެޑްރިޑް އަށް އޭނާގެ ސޮއި ނުލިބުމެވެ.

އެމްބާޕޭ ވަނީ މިދިޔަ ޖޫން މަހު ޔޫރަޕްގެ ބޮޑެތި ގިނަ ޓީމުތަކެއް އެލާޓަށް ގެނެސް، ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ކޮންޓްރެކްޓް 2024 އިން 2025 އަށް އިތުރު ނުކުރާނެ ކަމަށް ބުނެފައެވެ. އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގައި އޭނާ ދޫކޮށްލުމުގެ ވިސްނުމެއް ޕީއެސްޖީން ނުގެންގުޅޭތީ، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި މުޅިން އާ ކޮންޓްރެކްޓަކަށް އެއްބަސްވާން ޖެހޭނެ ކަމަށާއި އެހެން ނޫނީ ވިއްކާލާނެ ކަމަށް އެ ޓީމުން ވަނީ އޭނާއަށް އަންގާފަ އެވެ.

އެމްބާޕޭ

ކާލޯ އަންޗެލޮޓީގެ މެޑްރިޑަކީ އެމްބާޕޭގެ ކުރިއަށް އޮތް މަންޒިލެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. އެމީހުންގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ މީގެ ކުރިން ވެސް ތަކުރާރުކޮށް އޭނާ ސޮއިކުރަން މަސައްކަތް ކޮށްފައެވެ. ނަމަވެސް އެމްބާޕޭއަށް ޕްރިމިއާ ލީގުގެ ކްލަބްތަކުގެ ސަމާލުކަމާ މެޑްރިޑަށް ކުރިމަތިލާން ޖެހިދާނެ އެވެ. ޝައިޚް ޖާސިމް، މިކަމަށް ބޮޑު ހޭދައެއް ކޮށް ނިމިއްޖެނަމަ، މެންޗެސްޓާރ ޔުނައިޓެޑް އާއި ދެކޮޅަށް މެޑްރިޑުން ނުކުތުމުގެ ފުރުޞަތު އޮންނާނެއެވެ. ޕީއެސްޖީން ވަނީ އެމްބާޕޭގެ އަގު 200 މިލިއަން ޔޫރޯ (173 މިލިއަން ޕައުންޑް) އަށް ކަނޑައަޅާފަ އެވެ.

މިދިޔަ ޖުލައި މަހުގެ ހަތް ވަނަ ދުވަހު އެނގުނު ގޮތުގައި އެމްބާޕޭ އިގިރޭސިވިލާތަށް ބަދަލުވެއްޖެ ނަމަ އޭނާ އެންމެ އިސްކަންދޭނެ މަންޒިލަކީ އާސެނަލް އެވެ. އެއީ އެމިރޭޓްސްގައި މިކޭލް އާޓެޓާ ކުރި މަސައްކަތުން އޭނާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި އާސެނަލަށް އަނެއްކާވެސް ތަށި ހޯދައިދިނުމުގެ ޗެލެންޖު ވެސް އޭނާ އަށް ލިބޭނެ ކަމަށް އިންޑިޕެންޑެންޓް ނޫހުން ވަނީ ބުންޏެވެ.

ސްޕެއިންގެ ސޯސް ޑެފެންސާ ސެންޓްރަލްގެ އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުން ޕީއެސްޖީން އަންނަނީ އަންނަ ސީޒަނުގެ ކުރިން އުމުރުން 24 އަހަރުގެ ފޯވާޑް އެހެން ކްލަބަކާ ގުޅެން ނުދިނުމަށް ޓަކައި އާދަޔާ ހިލާފު ފިޔަވަޅުތަކަކަށް ދާން ތައްޔާރަށެވެ.

އެމްބާޕޭއަށް “އޮފަރ އޮފް ދަ ސެންޗަރީ” އެމީހުން ތައްޔާރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ 865 މިލިއަން ޕައުންޑުގެ 10 އަހަރުގެ އިންކްރެޑިބަލް ކޮންޓްރެކްޓެކެވެ. އެމްބާޕޭ ސޮއިކޮށްފިނަމަ އޭނާ ވެގެންދާނީ އެންމެ ބޮޑު މުސާރައެއް ލިބޭ އެތުލީޓަކަށެވެ.

އެމްބާޕޭ އަދި ރޮނާލްޑޯ

ރިޕޯޓްގައި ބުނެފައި ވަނީ މި އޮފާއިން ދައްކުވައިދެނީ ޕީއެސްޖީގައި ހިނގަމުންދާ “މާޔޫސްކަން” ކަމަށެވެ. އެ ޓީމުން ގަބޫލުކުރާ ގޮތުގައި އެމްބާޕޭ ބެހެއްޓުމަކީ ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށާއި އެހެންކަމުން އޭނާ ޔޫރަޕްގެ އެހެން ޓީމަކަށް ދޫކޮށްލާތަން ދެކެން ބޭނުންނުވާނެ ކަމަށެވެ.

މިއީ ވަރަށް ސާފުކޮށް ގަބޫލު ނުކުރެވޭ ވަރުގެ ފައިސާއެއް ނަމަވެސް އެމްބާޕޭ އެ އެއްބަސްވުމަށް އެއްބަސްވެއްޖެ ނަމަ ވަރަށް ހައިރާންވާނެ އެވެ. 10 އަހަރުގެ ކޮންޓްރެކްޓެއް ގެނައުމުގެ މާނައަކީ އެހެން ތަނަކަށް ޓްރާންސްފާކޮށްގެން މަޖުބޫރު ކުރުމެއް ނެތި ކެރިއަރުގެ ބާކީ ބައި ޕީއެސްޖީއަށް ދިނުމެވެ.

އެމްބާޕޭ

އެމްބާޕޭ ބޭނުންވަނީ އޭނާގެ އައިޑޮލް ކްރިސްޓިއާނޯ ރޮނާލްޑޯގެ ފަހަތުން އެއް ދުވަހަކުން މެޑްރިޑްގެ ކުޅުންތެރިޔަކަށް ވާން ކަން އެންމެންނަށް ވެސް އެނގެ އެވެ. އަދި މިފަދަ ފިޔަވަޅެއްގެ ސަބަބުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާއަށް އޭނާގެ ފުރަތަމަ ބެލޮން ޑިއޯ ނެގުމަށް ވެސް މަގުފަހިވެގެންދާނެ އެވެ. ހަގީގަތުގައި މި އެވޯޑް އެންމެ ފަހުން ހޯދި 13 ކުޅުންތެރިންގެ ތެރެއިން 12 ކުޅުންތެރިއަކު އޭރު ކުޅެމުން ދިޔައީ މެޑްރިޑް ނުވަތަ ބާސާ އަށެވެ.

އެމްބާޕޭ އާ ނުލައި ޕީއެސްޖީން ތައްޔާރުވާން ފަށާނެ ކަމަށް ބެލެވެއެވެ. އެ ޓީމުން ދާދި ފަހުން އެމްބާޕޭގެ ބަދަލަށް ހެރީ ކޭން ގެންނަން މަސައްކަތް ކުރި ނަމަވެސް، އޭނާ ވަނީ އެ ޓީމުގެ ކުރިއެރުންތަކަށް ހުރަސް އަޅައި، އޭގެ ބަދަލުގައި ޓޮޓެންހަމުން ބަޔާންއާ ގުޅުމުގެ އުއްމީދު އާކޮށްފަ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!