ޚަބަރު
އިންތިހާބާއި ގުޅޭ ކޮރަޕްޝަނާއި ރިޝްވަތުގެ މައްސަލަ ހުށަހެޅުމަށް ޕޯޓަލްއެއް!

އަންނަ ސެޕްޓެމްބަރ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާއި ގުޅޭ ކޮރަޕްޝަނާއި ރިޝްވަތާއި ގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ޕޯޓަލްއެއް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިން ހަދައިފިއެވެ.

އެ އިދާރާއިން ބުނެފައިވަ ގޮތުން، މި ޕޯޓަލް މެދުވެރިކޮށް، ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިހާބީ ރިޝްވަތުގެ ކުށެއް ކުރާ ނަމަ އެ މައްސަލައެއް ހުށަހެޅޭނެ ކަމަށެވެ.

އަދި އެ ޕޯޓަލްއަށް މައްސަލަ ހުށަހަޅާ މީހާގެ ވަނަވަރު، ބޭނުންނަމަ ސިއްރުކުރެވެއެވެ. ނަމަވެސް މައްސަލައިގެ އަޕްޑޭޓްތައް އެ ހުށަހަޅާ މީހާއަށް ލިބިގެންދާނީ، ކާކުކަން އެނގޭ ގޮތަށް ހުށަހަޅާ މައްސަލަތަކުގައި އެކަނި ކަމަށް އޭސީސީން ބުންޏެވެ.

މައްސަލަ ހުށަހަޅާ ޕޯޓަލްއާ އެކު، އެ ކޮމިޝަނުން ވަނީ އިންތިހާބުތަކާ ގުޅޭ ކޮރަޕްޝަންގެ ރިސްކު ކުޑަކުރުމުގެ ގައިޑްލައިނެއް ވެސް އާންމުކޮށްފަ އެވެ. އޭސީސީން ބުނި ގޮތުގައި މިއީ އިންތިހާބުގެ ކޮންމެ މަރުހަލާއެއްގައި ވެސް ނަޒާހަތްތެރިކަން ކަށަވަރުކުރުމުގެ ގޮތުން އާންމުކުރި ގައިޑްލައިނެކެވެ.

ރިޝްވަތުގެ ކުށްތައް ރިޕޯޓުކުރުމުގައި، ފޯމުގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރުމަށާއި އޭސީސީގެ އިހުތިސާސްތެރޭގައިވާ މައްސަލަތައް ރިޕޯޓުކުރުމަށް ސަމާލުކަން ދިނުމަށް ވެސް އެދިފައިވެ އެވެ. އެ މިންގަނޑަށް ނުފެތޭ ނަމަ މައްސަލަ ބަލައެއް ނުގަންނާނެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!