ޚަބަރު
ހުކުރު ނަމާދު ޖުއްބާ ލައިގެން ކުރާ ގޮތަށް ހަމަޖައްސައިފި

އިމާމުވެ ހުކުރު ކުރާއިރު ޚަޠީބުން ޖުއްބާލައިގެން ނަމާދުކުރާ ގޮތަށް ހަމަޖައްސައި މިއަދުން ފެށިގެން އެ ގޮތައް އަމަލުކުރަންފަށައިފިއެވެ.

މިއީ ހުކުރު ކުރާ ޚަޠީބުންނަކީ އެއްގޮތަށް އެއް މިންގަނޑަކަށް ހެދުުން އަޅާ ބަޔަކަށް ހަދަި، އިމާމުންނާއި ޚަޠީބުންގެ ހައިބަތު ދެމެހެއްޓުމަށްޓަކައި އަމަލުކުރަން ފެށި ގޮތެއްކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.

މިވަގުތު މާލޭގައި ހުކުރު ކުރާ ފަރާތްތަކުން މިފަދައިން އަމަލުކުރަމުން ގެންދިޔަ ނަމަވެސް، ކުރިއަށް އޮތް ތާގައި ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް މިގޮތަށް އަމަލުކުރަން ފަށާނޭކަމަށްވެސް މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިގޮތުން، މާލޭ މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރުކުރާ ހުރިހާ ހަތީބުންނަށް މިކަމަށް ވަކި އެލަންވަންސެއް ކަނޑައަޅައި، ކޮންމެ އަހަރަކުވެސް މިނިސްޓްރީން ޖުއްބާއާއި ތާކިހާ ފޯރުކޮށްދޭން ވަނީ ނިންމާފައެވެ.

އާންމުކޮށް ހުކުރު ނަމާދުކުރާ އިރު، ޚަޠީބުން ޖުއްބާލައިގެން މިހާރުވެސް ނަމާދުކުރެއެވެ. ނަމަވެސް  ވަކި ގޮތަކަށް ކަނޑައެޅިގެން ވަކި އުސޫލެއްގެ ދަށުން ހެދުން އެޅުމުގެ މިންގަނޑު ހިފެހެއްޓިފައިނުވެއެވެ.

މިއަދު އަމަލުކުރަންފެށި އުސޫލާ އެއްގޮތަށް މީގެފަހުން ކުރިއަށް ގެންދިއުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ޖުއްބާ

    މީވެސް މި މައްކާރުސަރުކާރުގެ ތަރައްގީގެ މަސްރޫއެއްތޯ؟ ކޮން ކުންފުންޏަކާތޯ މިކަންތައް ހަވާލުކުރީ؟؟