ޚަބަރު
މި ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދަނީ ވެލާ ކަހަނބުގެ ސްޕީޑުގައި: މުޢިއްޒު

މި ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުތައް ގެންދަނީ ވެލާ ކަހަނބުގެ ސްޕީޑުގައި ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ ިއންތިހާބުގެ ކެމްޕެއިންއަށް ނ. ހޮޅުދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން، މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ވެލާ ކަނހަބުގެ ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެންދިޔަ ަނަމަވެސް، އެބޭފުޅާގެ ސަރުކާރެއްގައި އަވަސްކަމާއި އެކު، މަޝްރޫއުތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

“އަޅުގަނޑު ހައިރާނެއް ނުވޭ 5 އަހަރުތެރޭ މަޝްރޫއެއް ނުނިމުނީމައި، މާލެއިން އަޅުގަނޑުމެންނަށް ފެނޭ އަމީނީ މަގަށް ވެގެން އުޅޭ ގޮތްވެސް. އެހެންވީމަ ހައިރާނެއް ނުވޭ.” މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުުރުން މުއިއްޒު ވިދާޅުވީ، މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ވެރިކަން ނިމިގެންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށާފައިވާ މަޝްރޫއުތައް ނުނިމިގެން އުޅޭތަން ފެނިގެންދާ ކަމަށެވެ.

“މުޅި ރާއްޖެއިން މިރަށުންވެސް ފެނިގެން މިދަނީ ކަންކަން ދާގޮތް. އެއީކީއެއް ނޫން ރައްޔިތުންނަށް ހައްޤު މިންވަރަކީ.” ޑރ. މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ މެނިފެސްޓޯގައި އިޤްތިސޯދީ ޕްލޭންތައް ހިމެނޭ ކަމަށާއި ޚަރަދު ކުޑަކޮށް ކަންތައް ކުރެވޭނެ ގޮތް އެ ޕްލޭނުގައި ހިމަނާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

“ޒުވާނުންނަށް ޒުވާނުންގެ އުއްމީދުތައް ހާސިލް ކުރުމުގައި އަދި ހުރިހާ ރައްޔިތުންގެ ގެދުރުވެރިކަމުގެ އުއްމީދު ހާސިލްކޮށްދީ، ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖެހޭ ތަނަކަށް ހަދައިދީ ގެދޮރުވެރިކަމުގެ މަންޒިލެއް ކަމަށް ހަދަން އަމަލީ ގޮތުން ތަރައްޤީކޮށްދޭނަން.” މުއިއްޒު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!