ޚަބަރު
އެމްޑީޕީ ޖަލްސާއަށް އަތޮޅުތެރެއިން މީހުން އަންނަން ފަށައިފި

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގދ.ތިނަދޫއަށް މިއަދު ވަޑައިގަންނަވާތީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށާއި މިރޭ އެރަށުގައި އޮންނަ އެމްޑީޕީގެ ޖަލްސާއަށް އެކި ރަށްރަށުން ގދ.ތިނަދޫއަށް މީހުން ގެންދަން ފަށައިފިއެވެ.

އިއްޔެސުރެ ތިނަދޫއަށް އަތޮޅުގެ އެހެން ރަށްރަށުން އެތައް ބަޔަކު ވަނީ ގެންގޮސްފައެވެ.

އަދި މިއަދުވެސް ގިނަ ބަޔަކު ތިނަދޫއަށް ފައިބަމުންދާއިރު މާލެއިންވެސް ބައެއް މީހުން ދިޔުމަށް ހަމަޖެހިފައިވެއެވެ. ރައީސް އިބްރާހީމްގެ ކެމްޕެއިން ޖަލްސާއެއް މިރޭ ތިނަދޫގައި އޮންނާނެއެވެ.

ތިނަދޫއިން 2018 ވަނަ އަހަރު ރައީސް އިބްރާހީމަށް ބޮޑު އަގުލަބިއްޔަތެއް ލިބުނު ނަމަވެސް އެ ރަށުގެ ރައްޔިތުންގެ ތާއީދު މިހާރު އޮތީ އިދިކޮޅު ކެންޑިޑޭޓު ޑރ.މުއިއްޒަށެވެ.

ޑރ.މުއިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައި އެތައް ސަތޭކަ ބަޔަކު އެމަނިކުފާނަށް މަރުހަބާ ދަންނަވަން ނިކުމެފައިވެއެވެ.

ރައީސް އިބްރާހީމް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި ތާއީދު ނޯންނާތީ، ތާއީދު އޮންނަކަމަށް ދައްކަން އަބަދުވެސް އެހެން ރަށްރަށުން މީހުން ގެނެއެވެ.

އަދި ރަށްރަށަށް ވަޑައިގަންނަވަނީ ފުލުހުންގެ ބޮޑެތި ފައުޖުތަކާ އެކުގައެވެ. ރައީސް ވަޑައިގަންނަވާ މަގުތުކަުން އިދިކޮޅު އެންމެން ދުރުކޮށް އެ މަގުތަކުގައި އިދިކޮޅު ބެނާތައްވެސް ދެމުން ފުލުހުން މަނާކުރެއެވެ

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!