ރޭގައި ތިނަދޫގައި ބޭއްވި އެމްޑީޕީގެ ބޮޑު ޖަލްސާގައި ރައީސް އިބްރާއިމް މުހައްމަދު ސޯލިހު ތިނަދޫއަށް ގިނަ ވައުދުތަކެއްވެއްޖެއެވެ.
ރޭގެ ޖަލްސާގައި ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދެއްވައި ރައީސް ވިދާލުވަނީ ތިނަދޫގައި އިތުރު 500 ފުލެޓު އަޅާނޭކަމަށްވަނީ ވައުދުވެވަޑައިގަނެފައެވެ.
އަދި ހަމައެއާއެކު ތިނަޑުގައި ކުރިއަށް ގެންދާ ޒަމާނީ ފެންވަރަށް މަގުތަށް ހެދުމުގެ މަސައްކަތް ހުއަޓާލާނީ ހުރިހާ މަގުތަކެއް އެފެންވަރަށް ހެދުމަށްފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވީ ރޭގައި ތިންދޫގައި ކުރިއަށް ގެންދެވުނު ކެންޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިތުރަށް ވައުދުވަމުން ރައިސް ވިދާޅުވީ ކާޑެއްދޫ އިންޓަނޭޝަނަލް ނުކުރެވޭނެ ނަމަ ތުނަދޫފަޅުގައި އިންޓަނޭޗަނަލް އެއާޕޯޓެއް އަޅުއްވާނެކަމުގައެވެ. އަދިމީގެ އިތުރުން ތިނަދޫ ފަޅުގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ތަރައްގީކުރުމަށް ނިންމާފައިވަކަން ފާހަގަކުރައްވާފައުވެއެވެ.
ގދ. ތިނަދޫގައި ބޭއްވި “އުފާވެރި އަމާން ރާއްޖެ” ޖަލްސާގައި ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގައި ވާގޮތަށް ސިޓީ އެއްގައި ހަމަވާންޖެހޭ ކަންކަން ތިނަދޫގައި ހަމަވެފައިވާތީ އެމަނިކުފާނު ވަނީ މިއަދު ގަރާރުގައި ސޮއި ކުރައްވާފައިކަމަށެވެ. ރައީސް ވިދާޅުވީ ހުވަދޫ އަދި ތިނަދޫއަށް ތަސައްވަރެއް ގެނަގުޅުއްވާކަމަށެވެ. ގަދީމީ އެ އަތޮޅަކީ އެންމެ ދުވެލި ބާރު، އެންމެ ރަށްގިނަ، މަސްވެރިކަމުގެ ސިނާއަތް އެންމެ ކުރިއަރާފައިވާ، ސިޔާސީ ލީޑަރުން މުހިންމު ދައުރުތަކެއް އަދާކުރެއްވި، ވިޔަފާރި ވެރިން އެންމެ ގިނަ އަދި އާދަޔާ ހިލާފު ރަށެށްކަމަށް ރައީސް ވިދާޅުވިއެވެ.
1912 ގައި ބައިނަލްއަގްވާމީ ފެންވަރުގެ ބޯހިމެނުމެއް ކުރިއަށް ގެންދިޔައިރު މާލެ ފިޔަވައި ރާއްޖޭގައި އެންމެ އާބާދީ ގިނަ ރަށަަކީ ތިނަދޫ ކަމަށް ރައީސް ވިދާޅުވިއެވެ. ތިނަދޫއަކީ އުފެއްދުންތެރިކަމާއި، ހީވަގިކަން، އަދި މަސައްކަތް ތެރިކަން ފާހަގަ ކޮށްލެވޭ ރަށެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.
ތިނަދޫއަކީ މަސްވެރިކަމަށް ވަރަށް ހާއްސަ ރަށެއް ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް 1950 ގެ ފަހުން ކުރިމަތިކުރަން ފެށި އުނދަގޫތަކާއިއެކު ތިނަދޫ ފަޅުވެގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ. އޭރުގެ ސަރުކާރުން ކަން ކުރަމުން ދިޔައީ އެއްވެސް ރައްޔިތަކަށް ނުވަތަ ރަށަކަށް ކަން ކުރަންވާ ގޮތަށް ނޫން ކަމަށް ވިދާޅުވެ އެކަމަށް ތިނަދޫ ސިޓީ ރައްޔިތުންގެ ގާތުން މާފަށް އެދިފައެވެ.