ޚަބަރު
89 ސައިކަލު ގައި ތިނަދޫ ސިޓީ ގައި އެމްޑީޕީން ސައިކަލު ބުރެއް ބާއްވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް އޮތް ތާއީދު ދެއްކުމުގެ ގޮތުން ގދ ތިނަދޫ ސިޓީގައި އެމްޑީޕީން ސައިކަލު ބުރެއް ބާއްވައިފި އެވެ.

ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ހުރިހާ ޕާޓީތަކުން ދަނީ ރޫހާއިއެކު މަސައްކަތް ކުރަމުންނެވެ. ރިޔާސީ އިންތިހާބަށް ބާކީ އޮތީ ހަފްތާއެއްހާ ދުވަހެވެ.

ތިނަދޫގައި އެމްޑީޕީން މިއަދުބޭއްވި ސައިކަލު ބުރުގައި ގިނައަދަދެއްގެ ސައިކަލު ބައިވެރިވި އިރު، ސަރުކާރަށް ތާއީދު ކުރުމުގެ ގޮތުން އެކިއެކި ޝުޢޫރުތައް ފާޅުކޮށްފައިވެއެވެ. ސައިކަލު ބުރުގައި ތިނަދޫގެ ދެ ދާއިރާގެ މަޖިލިސް މެމްބަރުންނާއި ދައުލަތުގެ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިއަދުގެ ސައިކަލި ބުރުގެ ތެރެއިން ރައީސް ސޯލިހު ތިނަދޫ ސިޓީއަށް ވެވަޑައިގެންނެވި ވައުދުތަކާއި އަދި ވެރިކަން ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ތިނަދޫސިޓީ އިތުރަށް ތަރައްޤީ ކުރަމުންދާނެ ކަމަށް ސައިކަލުބުރުގައި ޝުއޫރު ފާޅުކުރަމުންގެންދިޔައެވެ.

ރިޔާސީ އިންތިހާބުގައި ޖުމްލަ 8 ކެންޑިޑޭޓުުން ވާދަކުރާއިރު އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު ވެސް ދަނީ ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 9 ވަނަދުވަހުއެވެ. މިއިންތިހާބުގައި 288000 މީހުންނަށް ވޯޓުލެވޭކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. މާލެ / މާއްކޮ

    ތިނަދޫ ސިޓީ އެމްޑީޕީގެ ކަމެއްނެތެއްނުން.. އެންމެ 89

  2. މަރީ /

    އިބޫ ބޮޑުތަނުން ބަލިވާތަން މިފެންނަނީ މުޅިރާއްޖެ އިންވެސް

  3. ޗޯރު . އިންޑިއާް

    ޗޯރުގެ ވެރިކަން .. ނިމެނީ ނިމެނީ . ބާކީ 8 ދުވަސް

  4. ޞަހަލި ބަޅު

    ތިކަލަ ފީކަޅާ ހަބަރު ކައެމެންނަށް ނެރެވޭނީ. ތީ އެއްވެސް ކަހަލަ މިނިވަން ނޫސްވެރިކަމެއް ކުރާބައެއްނޫން. ޕީޕީއެމް ފައިސާ ގޯނި ޖީބަށް ބޮޑުކުރާބައެެއްގެ ތަނެެެއް މީ

  5. މުއީޒު ހޮޅި

    އަހަރަމެން ކަހަލަ ފިޑި މީހުންނަށް ނުކުރެވޭނެ އެމްޑީޕީން ކުރާ ކަހަލަ ކެމްޕޭނެއް��ހެހެހެ