ޚަބަރު
ފިޔޯރީ ކައުންސިލް މެމްބަރު ޒިހާން ބޮޑުފަޅިއަށް, މުއިއްޒު އާއި ސެމްބެ ހޮވުމަށް އަތުކުރިއޮޅާލައިފި

ރިޔާސީ އިންތިޚާބު ގައި ވޯޓުލާން ކުޑަ ތަންވެ ބޮޑު ފަޅި ޤަބޫލުކޮށް ފިޔޯރީ ކައުންސިލް މެންބަރު އަހްމަދު ޒިހާން ޕީޕީއެމް ޕީއެންސީ ގެ ކެންޑިޑޭޓު ޑރ މުއިއްޒު އަދި ރަނިންމޭޓް ސެމްބެ އާއި އިއްޔެ ގުޅިއްޖެއެވެ.

މިނިވަންކަން މެމްބަރެއްގެ ގޮތުގައި ކައުންސިލަށް ހޮވިވަޑައިގެންނެވި ޒިހާން ޑރ މުއިއްޒު ގެ ޓީމާއި ގުޅިވަޑައިގެންނެވީ އިއްޔެ ހަވީރު އެ ރަށުގައި އޮތް ކެމްޕެއިން ހަރަކާތެއްގައެވެ.

ޑރ މުއިއްޒުގެ ޓީމާއި ޒިހާން ގުޅިވަޑައިގަތުމުން އެކަމަށް މަރުހަބާ ވިދާޅުވެ ފިޔޯރީގައި ޑރ މުއިއްޒު ގެ ކެމްޕޭންގައި އެންމެ އިސް ކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވާ ފިޔޯރީ ރައީސް ފައިޒަރު ރަޝީދު ވިދާޅުވީ  ޒިހާން އަކީ ފިޔޯރީ ޒުވާނުންގެ މެދުގަ މަގުބޫލް އަދި ޒުވާނުންނާ ގުޅޭ ރަށުގެ ތަރައްޤީއާ ކުރިއެރުމަށް ފައިޒަރާއި އެކު ކައުންސިލްގައި ބުރަކޮށް މަސައްކަތް ކުރާ ހިއްވަރުގަދަ ފަހުލަވާނެއް ކަމަށެވެ.

އަދި ޒިހާން ފަދައިން މަގު މައްޗައް ފާޅުގަ ނުކުމެ ނެތަސް އެ ކަހަލަ ކިތައްމެ ފަހުލަވާނުން ކަށިން ހިއްވަރު ނެރެ މިޤައުމުގެ މިނިވަންކަމާ ސިޔާދަތު ރައްކާތެރި ކުރުމަށް ކަމަރު ބަދެގެން ތިބި ކަމުގެ ޔަގީންކަން ދީފައިވާ ކަމީ ލިބިގެންދާ ހިއްވަރެއް ކަމަށެވެ.

ފިޔޯރީ ކައުންސިލް މެންބަރު ޒިހާން ޕީޕީއެމް ޕީއެންސީ ފިކުރަށް ބަދަލު ވުމުން އެ ކައުންސިލްގައި ޕީޕީއެމް އަށް ތާއިދު ކުރާ މެމްބަރުންގެ ޢަދަދު ތިނަކަށް އެރީއެވެ. ޒިހާން ގެ އިތުރުން ދެން ހިމެނެނީ ރައީސް އާއި ނާއިބު ރައީސާ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!