ރިޔާސީ އިންތިޚާބު 2023
އިއްޔެ ތާއީދުކުރީ، މިއަދު ވަޒީފާއިން ކަނޑާލީީ!

އިއްޔެގެ ވަގުތެއްގައި ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު އަށް ތާއީދުކުރި ފަރެސްމާތޮޑާ ދާއިރާގެ އެމްޑީޕީ ނައިބް ރައީސް އަދި ފަރެސްމާތޮޑާ އެއާޕޯޓުގެ އެސިސްޓެންޓް މެނޭޖަރ ހުސެއިން ރަޝީދު ވަޒީފާއިން ވަކިކޮށްފި އެވެ.

ހުސެއިން ރަޝީދު ވަޒީފާއިން ވަކިކުރި ލިޔުމުގައިވަނީ ވަަޒީފާގެ މަސްއޫލިއްޔަތު އެދެވޭ ފެންވަރެއްގައި އަދާނުކުރެވުމުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

ފަރެސްމާތޮޑާ އަކީ ޕީޕީއެމް/ޕީއެންސީއަށް ޚާއްސަ ރަށެކެވެ. އެއީ މިފަހަރު އިންތިޚާބުގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ރަނިންމޭޓަކީ ފަރެސްމާތޮޑާ އަށް އުފަން، އެދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.

ސެމްބެ އަކީ އޭނާގެ ދާއިރާގެ މީހުންނާއި ވަރަށް ގާތް ގުޅުމެއް ބާއްވާ، ރައްޔިތުންގެ ތާއީދު އޮންނަ ބޭފުޅެކެވެ. ސެމްބެއަކީ ޒުވާނުންނާއި ގުޅޭ ޒުވާނުންގެ ކަންކަމަށް އިސްކަންދެއްވާ ބޭފުޅެކެވެ. މިފަހަރުގެ އިންތިޚާބުގައި ސެމްބެގެ އެންމެ ބޮޑު އަމާޒަކީވެސް ޒުވާނުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނެސް މުޅި ރާއްޖެއަށް އުފާވެރި އުންމީދީ ދުވަސްތަކެއް ހޯދައި ދެއްވުމެވެ.

ފަރެސްމާތޮޑާއަށް ސެމްބެ ވަނީ މިކެމްޕޭންގައި ދެފަހަރެއްގެ މަތީން ވަޑައިގެންފައެވެ. އެދެފަހަރުވެސް ސެމްބެއަށް ފަރެސްމާތޮޑާއި ވަނީ ވަރަށް ހޫނު މަރުޚަބާއެއް ދަންނަވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!