ރިޔާސީ އިންތިޚާބު 2023
ދެވަނަ ބުރުގެ ވޯޓަށް 6 ދުވަސް، އޭވިއޭޝަން ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލުގެންނަނީ!

ރިޔާސީ އިންތިޚާބު ދެވަނަ ބުރުގެ ވޯޓަށް 6 ދުވަސް ވެފައިވަނިކޮށް އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ ފަންނީ މީހުންގެ މުސާރައަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ސޯސަން ޖަގަހަގައި  ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މުސާރައަށް ބަދަލު ގެންނައިރު ހަމަހަމަ ކަމާއެކު އެކަން ކުރުމަށް ބައްލަވާ ކަމަށެވެ. އެގޮތުން އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މީހުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި އެ މީހުންގެ މުސާރަ ރިވިއު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

“ޕައިލެޓުންނާއި އިންޖިނިއަރުންނާ އަދި ކްރޫއިންނާ އެހެން ގޮސް އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ އެތައް ބައިވަރު މުވައްޒަފުންނެއް އެބަ އުޅޭ. މިހާރު އަޅުގަނޑުމެން ވާނީ އޭވިއޭޝަން ދާއިރާގެ މުސާރަ ރިވިއު ކުރުމުގެ މަސައްކަތްތަކެއް ފަށާފައި. ލަސްތަކެއް ނުވެ އިރާދަކުރެއްވިއްޔާ އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ޕައިލެޓުންނާއި އިންޖިނިއަރުންނާއި އެއާ ކްރޫއިންނާ މިހެން ގޮސް މި ދާއިރާގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް މުސާރައިގެ ކުރިއެރުމެއް ލަސްތަކެއް ނުވެ ލިބިދާނެ ކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން،” ރައީސް ވިދާޅުވި އެވެ.

އޭވިއޭޝަން ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނާނެކަން ރައީސް އިއުލާނު ކުރެއްވި އިރު، އަންނަ ޖެނުއަރީ މަހުން ފެށިގެން ފުލުހުންނާއި ސިފައިންނާއި ސިވިލް ސާވަންޓުން އަދި އެހެން ދާއިރާތަކުގެ މުސާރަތައް ބޮޑުކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ވޯޓުލަމުންދާ ވަޤުވެސް އެމް.ޑީ.ޕީ މީހުން ފައިސާބަހަން ގޭގެއަށްދޭ.