ރިޔާސީ އިންތިޚާބު 2023
އަނެއްކާވެސް ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ހުވަފެން ދައްކާ ތިނަދޫއިން 3 މޭލު ބިން ހިއްކައި ދޭން ރައީސް ވިދާޅުވެއްޖެ

އަނެއްކާވެސް ތިނަދޫ ކައިރީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައި، އެއާޕޯޓަށް ބޭނުންވާ ބިން ވެސް ހިއްކިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސްގެ މި ވައުދަކީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގެ ކުރިން ވެސް ތިނަދު އަށް ވަޑައިގެން ރައީސް ވެވަޑައިގެންނެވި ވައުދެކެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ތިނަދު އަށް ވަޑައިގެން އެ ރަށުގައި ބޭއްވެވި ޖަލްސާގައި ރައީސް ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ތިނަދޫއަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިމަނާފައިވާނެ ކަމަށެވެ.

އެގޮތުން ހޫޓި ކަނޑުގެ ބައްތިއާ ހަމައަށް ތިނަދޫގެ ބިން އިތުރު ކުރައްވައި ހައުސިން ޔުނިޓް އެޅުމުގެ ބޮޑު މަޝްރޫއެއް ހިންގަވާނެ ކަން ރައީސް ވަނީ އިއުލާން ކުރައްވައިފައެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ޕެންޝަންގައި ހުރި ފައިސާ އިން ބޯހިޔާވަހިކަމަށް ހައުސިން ލޯނު ލިބޭނެ އުސޫލު ތިނަދޫ އަށް ވެސް ފަހިކޮށް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!