ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގަށް ފުލުހުން އެމްއޭއެމް އަށް ވަދެ ފާސްކުރަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން މި ތަހުގީގު ފަށާފައިވަނީ ބައިނަލްއަގުވާމީ ފުޓްބޯޅަ އިދާރާތަކުން އެފްއޭއެމްފަށް ފޮނުވާ ފައިސާ އަމިއްލަ މީސްމީހުންގެ އެކައުންޓްތައް ފޮނުވައި މަނީ ލޯންޑަރިން އާއި ހިޔާނާތަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އަމުރަކަށެވެ.
ފުލުހުން މިހާރު ގެންދަނީ މާފަންނު ސްޓޭޑިއަމް ކައިރީގައި ހުންނަ އެފްއޭއެމް ހައުސް އަށް ވަދެ ތަހުގީގަށް އެތަން ފާސްކުރަމުންނެވެ.
ތަހުގީގާ ގުޅޭ ގޮތުން ފުލުހުންގެ ރަސްމީ ބައެއް އަދި ނުލިބެ އެވެ.
ޕީޖީ އޮފީހުގެ ބަޔާނެއްގައި ބުނީ މައްސަލަ ތަހުގީގުކުރަން އަމުރުކުރީ އެކި ފަރާތްތަކުން އެފްއޭއެމަށް ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކަމަށެވެ. އެހެންވެ އެކަމުގެ ތެރެއިން އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިން އާއި ވައްކަމާއި ހިޔާނާތާއި މަކަރާ ހީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާ ނަމަ އެ ކަމެއް ތަހުގީގުކޮށް، އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވުމަށް އަމުރުކޮށްފައިވާނެ ކަމަށެވެ.

