ޚަބަރު
ވަކި ފަރާތަކުން ލިޔެކިޔުންތައް ނައްތާލަން އަމުރުކުރެއްވިޔަސް، ނަޒާހަތްތެރިވެ އެކަމާއި ދުރުވޭ: އޭސީސީ

ދައުލަތުގެ ބައެއް އިދާރާތަކުން ލިޔެކިޔުންތަކަށް ބަދަލު ގެނައުމާއި، ނައްތާލުން ކުރިއަށްދާތީ އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އޭސީސީން ބުނެފިއެވެ.

އޭސީސީން މިހެން ބުނީ، އެފްއެސްއެމުން، އެކުންފުނީގެ ބައެއް ލިޔެކިޔުންތައް ނައްތާލާ ވީޑިއޯއެއް އާންމުވުމާއި ގުޅިގެންނެވެ. އެކަމާއި ގުޅިގެން އޭސީސީން ނެރުނު ބަޔާނެއްގައިވަނީ ދައުލަތުގެ ބައެއް އިދާރާތަކާއި، ސަރުކާރު އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިޔެކިޔުން ނައްތާލަމުންދާކަމުގެ ޝަކުވާ ހުށައަޅަމުންދާކަމަށާއި، އެކަމުގެ ކަންބޮޑުވުން އެބައޮތްކަމަށެވެ.

އޭސީސީން ބުނީ، ދައުލަތުގެ ލިޔެކިޔުންތަކަށް ބަދަލު ގެނައުމާއި، ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ، އެކޮމިޝަނުން ހިންގާ ތަހުގީގުތަކަށް އެކަމުގެ ސަބަބުން ހުރަސްއެޅޭނެ އަމަލުތަކެއް ކަމުގައިވާތީ، އެފަދަ އަމަލުތައް ހުއްޓާލުމަށް އަންގާކަމަށެވެ.

އެފަދަކަމެއް ކުރުމަށް ވަކި ފަރާތަކުން އަންގާ ހާލަތެއްގައި އެއްފަދަ އަމަލުތަކުން ދުރުހެލިވެ ނަޒާހަތްތެރިކަން އިސްކުރުމަށް އޭސީސީން ވަނީ ހަނދާންކޮށްދީފައެވެ. އެފަދަ އަމަލު ހިންގާކަމުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ލިބޭނަމަ އެކަމުގެ ތަފްސީލު މަޢުލޫމާތު ހިއްސާކުރުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

ދައުލަތުގެ ލިޔެކިޔުމަށް ބަދަލުގެނައުމާއި، ލިޔެކިޔުން ނައްތާލުން ނުވަތަ ފޮރުވުން ފަދަ އަމަލުތަކަކީ، ދިވެހިރާއްޖޭގެ ޤާނޫނުތަކުން ކުށެއްކަމުގައި ކަނޑައަޅާފައިވާ އަމަލުތަކެއްކަމަށްވާތީ، އެކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!