ޚަބަރު
ރައީސް ނަޝީދަކީ އެއްވެސް އިރެއްގައި އިތުބާރު ކުރިމީހެއް ނޫން: ރައީސް ސޯލިހު

ރައީސް ނަޝީދަކީ އެއްވެސް އިރެއްގައި އިތުބާރު އޮތް ބޭފުޅެއްނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރިޔާސަތުން ރައީސް ނަޝީދު ވަކިކުރުމަށް އެމްޑީޕީން ވަނީ ތްރީލައިން ވިޕެއް ނެރުމަށް ފާސްކޮށްފައެވެ. އަދި ރައީސް ނަޝީދު މަޤާމުން ވަކިކުރުމަށް އަލުން މަސައްކަތް ފެށީވެސް އިތުބާރު ނެތުމުންކަމަށް ރައީސް ވިދާޅުވެފައިވެއެވެ.

“އެހެންވީމާ އެ ގޮތަށް އެމްޑީޕީން ކުރިއަށްދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަނީ” ރައީސް ވިދާޅުވިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ވަރަށް ބޮޑަށް ޖޯކު ޖައްސަވާފައެވެ.

އެގޮތުން އެމްޑީޕީން އެއް ހަފްތާގައި އެމަނިކުފާނަށް އިތުބާރު އޮތިއްޔާ، އަނެއް ހަފްތާގައި އިތުބާރު ނޯންނަކަމަށް ވިދާޅުވެ އެމްޑީޕީގެ މެންބަރުންނަށް ރައީސް ނަޝީދު ވަނީ ނުސީދާ ރައްދެއް ދެއްވައިފައެވެ.

މިކަމަށް އިޝާރާތްކުރައްވައި ރައްދު ދެއްވަމުން ރައީސް ޞާލިޙް ވަނީ އިތުބާރުކުރާކަމަށް ބުނެ މައްސަލަ މަޑުޖައްސައިލަން ޖެހުނީ ވަގުތާއި ހާލަތުގެ ގޮތުންކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރިޔާސީ އިންތިޚާބުގެ ތެރޭގައި އެހެން ބޮޑު ހަަލަބޮލިކަމެއްގެ ތެރެއަށް ދާން މަގުފަހިވާ އެއްވެސް ކަމެއް އެ ދުވަސްވަރު ކުރައްވަން އެ މަނިކުފާނުވެސް ބޭނުންފުޅުވެވަޑައި ނުގެންނެވީކަމަށާއި، އެއީ ޕީޖީ މެދުވެރިކޮށް އެ މަސައްކަތް މަޑުޖައްސައިލެއްވި ސަބަބުކަމަށް ވިދާޅުވިއެވެ. އަދި އެއީ ވަގުތީގޮތުން ކުރެއްވިކަމެއްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

“އެ ވަގުތު ބޭނުންނުވާތީ ވަގުތީ ގޮތުން ކުރިކަމެއް. އެއިރަކު ވެސް އިތުބާރު އޮވެގެންނެއް ނޫން. ކަންތައްތައް ކުރަމުންދިޔަ ގޮތް އެއްގޮތަކަށް ވެސް މަޖިލިސް މެމްބަރުންނަކަށް ކަމަކުނުދޭ. އެހެންވީމާ އެ ކަން ކުރިއަށްގެންދާ ގޮތަށް އެއިރު ވެސް އޮތީ” އެ މަނިކުފާނު ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. އިއްބެ

    އިތުބާރުއިތްތޯބަލަންރިޔާސީވޯޓްގައިމަސައްކަތްކުރީނަމަވެސްއެހިސާބުންއިތުބާރުނެއްކަންޕާޓީގެއެއްމެނަށްވެސްޤަބޫލުކުރެވިއްޖެމިހިސާބުންދެންދެވަނަފަހަރަށްއިތުބާރުނެއްކަމުގެމައްސަލަ2ވަނަފަހަރަށްވައްދަންޖެހުނީ