ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ދިވެހި ގައުމާ މުހާތަބު ކުރައްވަން ނިންމަވައިފި އެވެ.
އެ މަނިކުފާނު ގައުމާ މުހާތަބު ކުރައްވަނީ މާދަމާ އަކީ ޖުމްހޫރީ ދުވަސް (ނޮވެމްބަރު 11) ކަމަށް ވާތީ އެ ދުވަހުގެ މުނާސަބަތުގަ އެވެ.
ރައީސް އޮފީހުން މިއަދު ބުނީ، ރައީސް ސޯލިހު ގައުމާ މުހާތަބު ކުރައްވާނީ ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި މާދަމާ ހެނދުނު 10:00 ޖަހާއިރު އެވެ.
ރައީސް ސޯލިހު އެންމެ ފަހުން ގައުމާ މުހާތަބު ކުރެއްވީ 30 އޭޕްރިލް 2023ގަ އެވެ. ނަމަވެސް އެ ފަހުން 2 އޮކްޓޯބަރު 2023ގައި ވަނީ ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ.

