ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމް ގެ ފޮޓޯފުޅު ޖަހައިގެން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ކެމްޕެއިން ނުކުރުމަށް އެމަނިކުފާނު އަލަށް އުފައްދަވަން މަސައްކަތްޕުޅު ކުރައްވާ ސިޔާސީ ޕާޓީ, ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އިން އެދިއްޖެ އެވެ.
އެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ މުހައްމަދު މަލީހް ޖަމާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީސް އިންތިޚާބުގެ ކެމްޕޭނަށް މިހާތަނަށް ރައީސް ޔާމީން އެއްވެސް ބޭފުޅަކު އެންޑޯސްކުރައްވާފައި ނުވާކަމަށެވެ.
ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ އެއްވެސް ކެންޑިޑޭޓަކަށް ރައީސް ޔާމީންގެ އެންޑޯސްމަންޓް ދެއްވާފައި ނުވާނެ.”
އެހެން ނަމަވެސް އެކިއެކި ބޭފުޅުން ރައީސް ޔާމީންގެ ފޮޓޯފުޅު ޖައްސަވައިގެން ކެމްޕޭނު ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވިފައިވާ ކަމަށާއި، އެގޮތަށް އެކަން ކުރުމަކީ ޕީއެންއެފް ރުހޭ ކަމެއް ނޫން ކަމަށް މަލީހު ވިދާޅުވި އެވެ.
މިފަދައިން ވިދާޅުވެ މަލީހު ކުރެއްވި ޓްވީޓުގައި ވަނީ، ވިލިމާލެ ދާއިރާއަށް ކުރިމަތިއްލައްވާފައިވާ އެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީގެ ފޮޓޮއެއް ހިއްސާކުރައްވާފައެވެ.
އޭގެ އިތުރުން ޕީޕީއެމް، ޕީއެންސީގެ ވިލިނގިލީ ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓް މުޙައްމަދު ޔަޒްމީދުގެ ކެމްޕެއިން ޕޯސްޓަރެއް ވެސް ހިއްސާކުރެއްވިއިރު، އޭގައި ކުރީގެ ރައީސް ޔާމީން އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުގެ ފޮޓޯ ފުޅެއްވެސް ޖަހާފައިވާކަން ފާހަގަކޮށްލެވެ އެވެ.