ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަކަމަށް ބެލެވޭ ސްރީލަންކާގެ ދެ މަސްބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަކަމަށް ބެލެވޭ ސްރީލަންކާގެ މި ދެ މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ދެ މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ރާއްޖޭގެ އުތުރުން މިމަހުގެ 25 ވަނަ ދުވަހު އެވެ. މި ދެ މަސްބޯޓުގެ ތެރެއިން އެއް ބޯޓުގައި 7 ފަޅުވެރިން ތިބިއިރު، އަނެއް ބޯޓުގައި 6 ފަޅުވެރިން ތިއްބެވެ.
ސްރީލަންކާގެ މި ދެ މަސްބޯޓު މިވަގުތު އޮތީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުގައި ހއ.ފިއްލަދޫގައި ބަނދަރުކޮށްފައެވެ. އަދި، މި ދެ މަސްބޯޓު މާލެ ގެނެސް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެ