ޚަބަރު
އިންޑިއާ ސިފައިން ރާއްޖޭގެ މަސްދޯންޏަކަށް އެރުމަކީ ކަންބޮޑުވާންޖެހޭ ބޮޑު މައްސަލައެއް: ޝިޔާމް

ރާއްޖޭގެ އުތުރުން މަސްވެރިކަން ކުރަން އުޅުނު ދޯންޏަކަށް އިންޑިއާ ސިފައިން އެރުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ މަނަވަރެއްގެ ސިފައިން އަރާފައިވަނީ އ.ދ މަހިބަދޫ “އަސުރުމާ 3” ދޯންޏަށެވެ.

މިނިސްޓަރު ޝިޔާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަސުރުމާ-3 ދޯނި ހއ .ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދަކުން އެ ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

“މި އުޅަނދު ހަރަކާތްތެރި ވަމުންދިޔައީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން މިނިސްޓްރީގެ ވެސަލް މޮނީޓަރިން ސިސްޓަމްއިން ކަށަވަރުވެ އެވެ. މި ހާދިސާއާ ގުޅިގެން ކޯސްޑްގާޑާއި އުޅަނދުގެ ވެރިފަރާތާއެކު ގާތުން މަސައްކަތް ކުރަމުންދާ ވާހަކަ ދަންނަވަމެވެ،” ޝިޔާމް ވިދާޅުވި އެވެ.

އެމްއެންޑީއެފްއިން ބުނީ ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް، ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އެސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރުކުރަމުންދާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!