ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަމިއްލަ ގޮތުން މަޖިލީހަށް ވާދަ ކުރައްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހުށަހަޅައިފިއެވެ.
އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ވާދަކުރެއްވުމަށް ޖާބިރު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވާފައިވާއިރު، ޖާބިރުގެ ފަރާތުން މި ފޯމު ހުށަހެޅުއްވީ ދަރިކަނބަލުން އާމިނަތު ޖާބިރާއި، ޖާބިރުގެ ފިރިހެން ދަރިކަލުންވެ. މި އިންތިހާބުގައި ޖާބިރުގެ ފިރިހެންދަރިކަލުން ވެސް ވާދަ ކުރައްވައެވެ.
އަހުމަދު މުއާޒު އަބްދުﷲ ޖާބިރު ވެސް ވަނީ އެމްޑީޕގެ ޓިކެޓް ކަށަވަރު ކުރައްވާފަ އެވެ. މުއާޒު ޓިކެޓް ކަށަވަރު ކުރެއްވީ އދ. މަހިބަދޫ ދާއިރާއަށެވެ. ނަމަވެސް މުއާޒުގެ ޓިކެޓް އެމްޑިޕީން އަތުލާފައެއް ނުވެއެވެ.
ޖާބިރު ވަނީ އެމްޑިޕީން އޭނާ ވަކި ކުރި މައްސަލަ ކޯޓަށްވެސް ހުށަހަޅުއްވާފައެވެ.