ހުކުރު ދުވަހަކީ ހާއްސަ ދުވަހެއްކަން މެންދުރު ގަޑީގެ ކެއުމުންވެސް ޔަޤީންވާނެއެވެ. މުޅި ހަފްތާ ހޭދަވެގެން ދަނީ އޮފީސްތަކުގައްޔާއި އެކި ކަންކަމުގައި ބުރަކޮށްކަމުން މީރުއެއްޗެއް ކައްކާލައިގެން ކާލާނެ ވަގުތެއް ނުވެއެވެ.
އެތަކެއް ފައިދާތަކެއް އެކުލެވޭ ކެރެޓް ބޭނުންކޮށްގެން ވަރަށް އަވަހަށް ތައްޔާރުކޮށްލެވޭ ފޮނި ފޮނި މީރުއެއްޗެއް ތައްޔާރު ކޮށްލާނެ ގޮތުގެ ރެސިޕީއެއް ހިއްސާކޮށްލާނަމެވެ.
ކެރެޓް ޕުޑިން އަށް ބޭނުންވާ ތަކެތި:
2 ދަޅު ގެރިކިރު
1 ބޮޑު ކެރެޓް ( ގާނާފައި )
4 ޖޯޑުފެން
3 މޭޒުމަތީ ސަމްސާ ޒުވާރިފުށް
50 ގުރާމް ކެށޫނަޓްސް ( މުގުރާފައި )
ރާނބާފަތް
ތައްޔާރު ކުރާނެ ގޮތް:
ރަނބާފަތުގެ ރަހަ ނުކުންނަ ވަރަށް ފެންކެއްކުމަށް ފަހު ކެރެޓް އަޅާލާށެވެ، ކެރެޓް މަޑުވުމުން ގެރިކިރު އަޅާލުމަށް ފަހު ޒުވާރިފުށާއި ފެން އެއްކޮށްލާފައި އޭގެ ތެރެއަށް މަޑުމަޑުން އަޅާމުން އެއްކޮށްލާށެވެ. ދެން މުގުރާފައި ހުރި ކެށޫނަޓްކޮޅު އަޅާލުމަށް ފަހު ބޭނުންވާ ވަރަށް އޮލަވަންދެން ކައްކާލާށެވެ، މާބޮޑަށް ހިކޭނަމަ ކުޑަފެންކޮޅެއް އަޅާލާށެވެ.
އަޖުމަ ބަލާލާށެވެ، މިއީ ހުކުރު ދުވަހު މެންދުރު ސުފުރާ ފަޅުފިލުވާލާނެ، ފޮނި ފޮނި މީރު އެއްޗެއްކެވެ.

