ކުޅިވަރު
ޕްރިމިއަ ލީގު: ބްރެންޓްފޯޑް އަތުން ލިވަޕޫލަށް ފަސޭހަ މޮޅެއް

ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ބްރެންޓްފޯޑް ބަލިކޮށް ލިވަޕޫލުން އިނގިރޭސި ޕްރިމިއަ ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިއެވެ.

ލީގުގައި މިރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި އަނިޔާގެ ސަބަބުން އެއްވަނަ ކީޕަރު އަލިސަން ބެކާ އަދި ރައިޓް ބެކް އެލެގްޒަންޑާ އާނޯލްޑް ނުކުޅެއެވެ. މުހިއްމު ދެ ކުޅުންތެރިންނާއި ނުލައި ލިވަޕޫލުން މެޗާ ކުރިމަތިލައި ތިން ޕޮއިންޓް ކަށަވަރުކުރި ނަމަވެސް އަނިޔާގެ މައްސަލަތަކާ އަނެއްކާވެސް ވަނީ ކުރިމަތިވެފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އަނިޔާގެ ސަބަބުން އެ ޓީމުގެ ޑިއޭގޯ ޖޮޓާ އަދި ކާޓިސް ޖޯންސް ވަނީ ދަނޑުން ބާލައިފައެވެ.

މެޗުގައި ލިވަޕޫލުން ޖެހި ފުރަތަމަ ގޯލް 35 ވަނަ މިނެޓުގައި ޖެހީ ޑާވިން ނޫނެޒް އެވެ. މިއީ ޖޮޓާ ތަނަވަސްކޮށްދިން ފުރުސަތަކުން ނޫނެޒް ޖެހި ގޯލެކެވެ. ލިވަޕޫލްގެ ދެވަނަ ގޯލް ޖެހީ އެލެގްޒިސް މެކަލިސްޓާ އެވެ. މެކަލިސްޓާގެ ގޯލަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މުހައްމަދު ސަލާހުގެ އެހީތެރިކަމާއެކު ކާމިޔާބުކުރި ގޯލެކެވެ. އަނިޔާއާ ހެދި ކުޅުމާއި ދުރުގައި ހުރުމަށްފަހު ކުޅެން އަރައި ސަލާހު ވަނީ މޮޅު ކުޅުމެއް މިރޭގެ މެޗުގައި ދައްކައިފައެވެ.

ލިވަޕޫލްގެ ތިންވަނަ ގޯލު ސަލާހު ޖެހީ ކޯޑީ ގަކްޕޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. ލިވަޕޫލުން ތިން ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް ބްރެންޓްފޯޑްގެ ފޯވަޑް އައިވަން ޓޯނޭ ވަނީ ގޯލެއް ޖަހައި އެ ޓީމަށް ސުންކަނޑުވައިދީފައެވެ. މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ލިވަޕޫލްގެ ހަތަރުވަނަ ގޯލް ޖެހީ ގަކްޕޯ އެވެ. މިއީ ލުއިސް ޑިއާޒް ދިން ބޯޅައަކުން ގަކްޕޯ ޖެހި ގޯލެކެވެ.

މި މޮޅާއެކު ލިވަޕޫލުން ވަނީ 57 ޕޮއިންޓް ހަމަކޮށްފައެވެ. ތާވަލުގެ އެންމެ ކުރީގައި އެ ޓީމު އޮތްއިރު މިރޭގެ މެޗުން ބަލިވި ބްރެންޓްފޯޑް އޮތީ 25 ޕޮއިންޓާއެކު 14 ވަނައިގައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!