ކުޅިވަރު
އެމްބާޕެ ނެތްތަން ފޫބައްދަން ޕީއެސްޖީން ރަޝްފޯޑް ގެންނަނީ

މި ސީޒަން ނިމުމުން ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) ދޫކޮށްލަން ނިންމާފައިވާ ކީލިއަން އެމްބާޕެ ނެތްތަން ފޫބެއްދުމަށް އިނގިރޭސި ކްލަބް މެންޗެސްޓަ ޔުނައިޓެޑަށް ކުޅެމުން އަންނަ މާކަސް ރަޝްފޯޑް ހޯދުމުގެ މަސަތްކަތް ޕީއެސްޖީން ފަށައިފިއެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، މި ސީޒަނުގެ ނިޔަލަށް ޕީއެސްޖީގެ ކޮންޓްރެކްޓްގައި، ހުރި އެމްބާޕޭ، 25، ވަނީ އެ ޓީމާ އެކު ކުރިއަށް ނުގޮސް ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކާ ގުޅެން ނިންމާފައިވާކަން ޕީއެސްޖީގެ ވެރިންނަށް އަންގައިފަ އެވެ.

އެމްބާޕެގެ ރިޕްލޭސްމަންޓުގެ ގޮތުގައި ރަޝްފޯޑް ހޯދުމުގެ މަސަތްކަތް ޕީއެސްޖީން ފަށާފައިވާއިރު އެ ޓީމުން އައީ 2022 ވަނަ އަހަރުން ފެށިގެން 25 އަހަރުގެ ފޯވަޑުގެ ސޮއި ލިބޭތޯ މަސަތްކަތް ކުރަމުންނެވެ.

ޕީއެސްޖީން ރަޝްފޯޑަށް ފާރަލާން ފަށާފައިވާއިރު މި ސީޒަނުގައި ރަޝްފޯޑުގެ ފަރާތުން އެދެވޭ ކުޅުމެއް އަދި ނުފެނެއެވެ. ލީގުގައި މިހާތަނަށް ކުޅުނު 23 މެޗުން އޭނާ ޖަހާފައިވަނީ އެންމެ ފަސް ގޯލެވެ.

ރަޝްފޯޑުގެ އިތުރުން ޕީއެސްޖީން އަންނަނީ އިޓަލީގެ ނަޕޯލީއަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވަޑް ވިކްޓަ އޮސިމްހެންގެ ސޮއި ލިބޭތޯ ވެސް މަސަތްކަތް ކުރަމުންނެވެ. އޮސިމްހެން އަކީ ޔޫރަޕުގައި މިހާރު ކުޅެމުން އަންނަ އެންމެ ގޯލާ ރައްޓެހި އެއް ފޯވަޑެވެ. ނަޕޯލީން 30 އަހަރު ތެރޭ ފުރަތަމަ ފަހަރަށް މިދިޔަ ސީޒަނުގައި އިޓާލިއަން ލީގު ނެގިއިރު ކްލަބުގެ ޓޮޕް ސްކޯރާގެ މަގާމު ހޯދީ އޮސިމްހެން އެވެ.

ޕީއެސްޖީގެ އިތުރުން އިނގިރޭސި ކްލަބު އާސެނަލް އިން ވެސް އަންނަނީ އޮސިމްހެން އަށް ފާރަލަމުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!