ޚަބަރު
ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނުގައި ސޯޝަލް ހައުސިން އަށް ބޮޑު ސަރަހައްދެއް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ނެރުނު ގުޅީފަޅު ތަރައްގީ ކުރަން ނިންމާފައިވާ ގޮތުގެ އާ ލޭންޑް ޔޫސް ޕްލޭނުގައި ވާ ގޮތުން އެ ލޭންޑް ޔޫސް ޕްލޭނުގައި ގޯއްޗަށާއި ސޯޝަލް ހައުސިންއަށް ބޮޑު ސަރަހައްދެއް ވަނީ ކަނޑައަޅައިފައެވެ.

މި ޕްލޭނުގައި އެ ތަނުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ތަންތަނާއި ޕާކުތަކާއި ކުޅިވަރު ކުޅޭނެ ތަންތަނަށް ވެސް ބިން ކަނޑައަޅާފައިވެއެވެ.

އަދި އިގުތިސޯދީ މަސައްކަތްތަކަށްވެސް ބިން ކަނޑައަޅާފައިވާއިރު އެ ބިން ހާއްސަކޮށްފައިވަނީ އިންޑަސްޓްރިއަލް މަސައްކަތްތަކަށާއި ސިޓީ ހޮޓާތައް ތަރައްގީ ކުރުމަށެވެ. މީގެ އިތުރުން ހޯލްސޭލް ވިޔަފާރިއާއި ރީޓެއިލް ވިޔަފާރިތަކަށްވެސް ބިން ކަނޑައަޅާފައިވެއެވެ.

ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުމަށް ރައީސް ޑރ. މުއިއްޒު ވަނީ ވައުދުވެފައެވެ. މިވައުދުފުޅާއި އެއްގޮތަށް ކުރީ ސަރުކާރުން ފަށާފައިވާ ގިރާވަރާއި ގުޅީފަޅު ހިއްކުމުގެ މަސައްކަތް ކުރީ ސަރުކާރަށްވުރެ ބާރު ސްޕީޑުގައި ކުރިޔަށް ގެންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!