ޚަބަރު
މިނިސްޓަރު ޒަމީރު އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ރިޗާޑް ވަރުމާއާ ބައްދަލު ކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، އެމެރިކާގެ ޑެޕިއުޓީ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ މެނޭޖްމަންޓް އެންޑް ރިސޯސަސް ރިޗާޑް ވަރްމާއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރާއި ޑެޕިއުޓީ ސެކްރެޓަރީ ވަރުމާ ވަނީ ރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި ޑިމޮކްރެޓިކް އުޞޫލުތަކާއި، ޤާނޫނީ ވެރިކަމަށް އަހުލުވެރިވުމާއި، އިޤްތިޞާދީ ތަނަވަސްކަމާއި، ދިފާޢީ އަދި ސަލާމަތީ ދާއިރާއިން ފުޅާ ދާއިރާއެއްގައި އެއްބާރުލުން ދިނުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައިވެއެވެ.

މީގެ އިތުރުން ވިސާގެ ކަންކަން ހަރުދަނާ ކުރުމާއި ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައިވެއެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މަޤާމުގެ ހުވާ ކުރެއްވުމަށްފަހު، ރާއްޖެއާއި ގުޅުން ބަދަހިކުރެއްވުމަށް އެމެރިކާ ސަރުކާރުން ފާޅުކުރަމުންދާ ގެންދަވާ ޝައުގުވެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!