ޚަބަރު
ގޯތީގެ އެއްބަސްވުންތަކުގައި ސޮއިކޮށް 8،250 މީހަކާ ރަޖިސްޓަރީ ހަވާލުކޮށްފި

ކުރީގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދިނުމަށް ހިންގި ‘ބިންވެރިޔާ ސްކީމް’ގެ ދަށުން މިހާތަނަށް ގޯތީގެ އެއްބަސްވުމުގައި ސޮއިކޮށް 8،250 މީހަކަށް ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ގޯތި ދޫކުރީ ހުޅުމާލެ ދެއަކާއި އަލަށް ހިއްކާ ހުޅުމާލެ ތިނެއް އަދި ގުޅިފަޅުންނާއި ގިރާވަރުފަޅުންނެވެ. އެ ތަންތަނުން 9،000 ގޯތި ދޭން އޮތީ ނިންމައިފައެވެ.

އެ މަސައްކަތުގެ ދަށުން މިހާތަނަށް ކުރިއަށް ގޮސްފައިވާ މަސައްކަތުގެ ތަފުސީލު މީޑިއާއާ ހިއްސާކޮށް، ހައުސިން މިނިސްޓްރީން ބުނީ 8،250 މީހަކާ އެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކޮށްފައިވާއިރު ބިން ލިބިފައިވާކަމުގެ ލިޔުން 118 މީހަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނިގޮތުގައި، ބިން ލިބިފައިވާ ކަމުގެ ލިޔުން ހަވާލުނުކުރެވޭ 303 މީހަކު ވެސް އުޅެ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، އެޕްލިކަންޓް/ އެޕްލިކަންޓުން ބިން ދޫކޮށްލަން އެދިފައިވާ 16 މީހަކާއެކު އަދި އެޕްލިކަންޓް/ އެޕްލިކަންޓުން މަރުވުމުގެ ސަބަބުން 12 މީހަކު ސޮއެއް ނުކުރެވެއެވެ.

އޭގެ އިތުރުން ބިން ލިބިފައިވާ މީހުންގެ ތެރެއިން އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 މީހަކާ އެކު އެއްބަސްވުމުގައި ސޮއެއް ނުކުރެވެއެވެ. އެ މީހުންނާއެކު ސޮއި ނުކުރެވެނީ ކޮން ސަބަބުތަކެއް ހުރެގެން ކަމެއް ނުބުނެއެވެ.

މިނިސްޓްރީން ބުނީ، ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ބިންތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، ރަޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން ގޯތި ލިބިފައިވާ ކަމުގެ ލިޔުން ހަވާލު ނުކުރެވި ވާ މީހުންނަށް، އެ ހަވާލު ކުރުމަށް ކުރުމަށް ގުޅާނެ ކަމަށެވެ. މިނިސްޓްރީން ގުޅާނީ 4004994 އާއި 4004797 އިން ކަމަށްވެސް ބުނެފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!