ޚަބަރު
ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 10 މީހަކު އައްޑޫސިޓީން ހައްޔަރު ކޮށްފި

ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ 10 މީހަކު އައްޑޫސިޓީން ހައްޔަރު ކޮށްފިއެވެ.

ހަށިވިއްކަމުންދިޔަ ބަޔަކު ފުލުހުން ހައްޔަރުކޮށްފައިވަނީ އައްޑޫސިޓީ މަރަދޫ އަދި ހިތަދޫ އިންނެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އައްޑޫ ސިޓީގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަައުލޫމާތަކާއި ގުޅިގެން މާރޗް ހަތް ވަނަ ދުވަހު ހިތަދޫ އާއި މަރަދޫގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި ހިތަދޫ ގެއެއްބަލާ ފާސްކޮށް ދިވެހި ދެ ފިރިހެނަކާއި، ތައިލެންޑް ތިން އަންހެނުން ހައްޔަރު ކޮށްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި މަރަދޫގެ ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއް ބަލާ ފާސްކޮށް ދިވެހި ފިރިހެނަކާއި، ތައިލެންޑް ދެ އަންހެނާއި، އެކު މިޔަންމާ ފިރިހެނެއް ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

” މި މައްސަލަ ހިނގާފައިވަނީ މަރަދޫގެ ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަތަނެއްް ބަލާ ފާސްކުރަނިކޮށް ފެނިގެން، އަދި ހިތަދޫ އިން ހައްޔަރު ކޮށްފައިވަނީ ގެއެއް ބަލާ ފާސްކުރަމުންދަނިކޮށް” ފުލުހުން

މި މައްސަލައިގައި އެމީހުންގެ ބަންދާއިމެދު ގޮތެއްް ނިންމުމަށް މި މަހު އަށް ވަނަދުވަހު ހިތަަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރެވިފައިވާ ކަމަށާއި، އެމީހުންނަށް 14 ދުވަސް ބަންދުކުރުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މަރަދޫ އިން ހައްޔަރު ކުރިމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ތައިލެންޑް 2 އަންހެނުންނާއި، ދިވެހި ފިރިހެންމީހާއާއި، އަދި މިޔަންމާ ފިރިހެންމީހާއަށް ވަނީ 10 ދުވަސް ޖަހާފައެވެ.

މީގެ އިތުރުން ހިމެނޭ އިންޑިއާ ފިރިހެން މީހާ ހަތަރު ދުވަހަށް ބަންދު ކުރުމަށްވެސް ކޯޓުން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގް ކުރަމުން ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!