ޚަބަރު
1000 ފަގީރުންގެ ތެރެއިން މިއަހަރު ޙައްޖަށް ފޮނުވާ މީހުން ކަނޑައަޅައިފި

ފަގީރުންގެ ތެރެއިން 1000 މީހުން ޙައްޖަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން މިއަހަރު ޙައްޖަށް ފޮނުވާ މީހުން ކަނޑައަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުގެ ދަށުން 50 މީހުން މިއަހަރު ހައްޖަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ސަރުކާރުގެ ޙަރަދުގައި ޙައްޖަށް ގެންދާނެ 50 މީހުން ވަނީ ގުރުއަތުން ހޮވާފައެވެ. އަދި މީގެތެރެއިން އެއްވެސް މީހަކަށް ނުދެވޭ ފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެޖާގައަށް ގެންދާނެ އިތުރު 10 މީހަކު ރިސަރވްގެ ގޮތުގައި ވަނީ ގުރުއަތުން ހޮވާފައެވެ. މީގެ ތެރޭގައި ހިމެނެނީ ޢުމުރުން 50 އަހަރާއި 69 އަހަރާއި ދެމެދުގެ މީހުންކަމަށްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ސަރުކާރުގެ ހައްޖަށް ގެންދާނެ މީހުން ކަނޑައެޅުމަށް ފަގީރުންގެ ލިސްޓުގައި މިދިޔަ އަހަރު ތިބި މީހުންގެ ތެރެއިން ޝަރުޠު ހަމަވާ 982 މީހުންނާއި އިންޓަރވިއުކޮށްފައިވާކަމަށެވެ. އަދި އެމީހުންގެ ތެރޭގައި ޝަރުތު ހަމަވާ 667 މީހުން އެބަތިބިކަމަށްވެސް އެވުޒާރާއިން ވިދާޅުވެއެވެ.

ސަރުކާރުގެ ޚަރަދުގައި ޙައްޖަށް ގެންދާ މީހަކީ އަތޮޅުތެރޭގެ ރަށަކުން އަންނަ މީހެއްނަމަ ޙައްޖަށް ދިޔުމަށް މާލެ އައުމާއި، ޙައްޖަށްފަހު އެނބުރި ރަށަށް ދިޔުމަށް ހިނގާ ޚަރަދު ސަރުކާރުން ހަމަޖައްސާ ދޭނެއެވެ. މިއުސޫލުގެ ދަށުން ޙައްޖަށް ގޮސް އަޅުކަމުގެ ތެރޭގައި ޚާއްސަ ސިއްޙީ ޙާލަތެއް މެދުވެރިވެއްޖެނަމަ އެކަމަށް ހިނގާ ޚަރަދުވެސް ސަރުކާރުން ހަމަޖައްސައިދޭނެއެވެ.

ސަރުކާރުގެ ޚަރަދުގައި ޙައްޖަށްދާ މީޙުންގެ ކަންކަން ބަލަހައްޓާނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!