ޚަބަރު
ޕީއެންއެފް އިން ހުށައެޅި 1300 ފޯމެއް ސައްޚައެއް ނޫން!

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަންވެގެން އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި 1300އަށްވުރެ ގިނަ ފޯމު ޞައްޙަ ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޕީއެންއެފް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައެޅި 3370 ފޯމުގެ ތެރެއިން ސައްޙަވީ 1976 ފޯމުކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޕީއެންއެފް އުފައްދަންވެގެން ހުށައެޅި ފޯމުތަކުގެ ތެރެއިން 1394 ފޯމެއްގައި ބައެއް މައްސަލަތައް ހުރިކަމަށެވެ. އޭގެތެރެއިން 88 ފޯމެއް ބަލައި ނުގަންނަން ނުވަތަ އެއްކޮށް ރިޖެކްޓްކޮށްލާފައިވާ ކަމަށާއި ރިޖެކްޓްކުރި ފޯމުތައް ފުރިހަމަކުރުމަށްފަހު އަލުން ޖެހޭނީ ހުށައަޅަންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވެއެވެ.

ސައްޙަ ނޫން ފޯމުތަކުގައި ޢާންމުކޮށް ހުރީ އިދާރީ މައްސަލަތަކެއް ކަމަށެވެ. އެގޮތުން ބައެއް ތާރީޚުތައް ނުބައިކޮށް ޖަހާފައި ހުރުމާއި، ރަޖިސްޓްރާގެ ފަރާތުން ފުރިހަމަކުރަންޖެހޭ ތަންތަން ފޯމުގައި ފުރިހަމަނުކޮށް ހުރުންފަދަ މައްސަލަތައް ފާހަގަކުރެވުނުކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ސައްޙަ ނޫން ފޯމުތައް ޕާޓީ އުފައްދަން ހުށައެޅި ފަރާތަށް އަނބުރާ ފޮނުވާލާފައިވާކަމަށެވެ. އަދި ފޯމުތައް ރަނގަޅުކުރުމަށްފަހު އަލުން ހުށައެޅުމުގެ ފުރުޞަތު އެ ފަރާތްތަކަށް އޮންނާނެކަމަށްވެސް އެ ކޮމިޝަނުންބުނެއެވެ.

ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތާއީދުކުރާ ބަޔަކު އިސްނަގައިގެން އުފެއްދުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީ ޕީއެންއެފް އުފެއްދުމަށް 3000 ފޯމު ހަމަކޮށް ކޮމިޝަނަށް ހުށައެޅީ މިދިޔަ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އޭރު ހުށައެޅީ 3060 ފޯމެވެ. އޭގެ ފަހުން އިތުރު 310 ޕީއެންއެފް އުފައްދަންވެގެން ހުށައެޅިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!