ހަތަރު ކައުންސިލެއްގެ އިންތިހާބަށް ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އިންތިހާބަށް ހުޅުވާލީ ހއ. އުތީމު، ނ. ލަންދޫ، ވ. ފެލިދޫ ކައުންސިލްގެ މެންބަރު އަދި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނެވެ.
އިސީން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތަށް ހއ. އުތީމު، ނ. ލަންދޫ، ވ. ފެލިދޫ ކައުންސިލްގެ މެންބަރު އަދި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން، އޮންނާނީ މޭ 04 ވާ ހޮނިހިރު ދުވަހު ކަމަށެވެ.
މިއީން ކޮންމެ ކައުންސިލަކުންވެސް ހޮވަނީ އެއް ކައުންސިލަރެއް ކަމަށާއި، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނޫގެ 12 ވަނަ މާއްދާގެ ހ ގައި ބަޔާން ކޮށްފައިވާ ގޮތަށް ކުރިމަތި ލެއްވުމަށްވެސް ވަނީ އެދިފައެވެ.
އިންތިޚާބަށް ކުރިމަތިލާ މީހާގެ ދަރަނީގެ ރެކޯޑާއި، ކުށުގެ ރެކޯޑަކީ މާރޗު 20 މި ތާރީޚުގެ ފަހުން ސާފުކޮށްފައިވާ ރެކޯޑަކަށް ވާންވާނެ ކަމަށްވެސް އިސީން ބުނެއެވެ. އަދި ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރުގެ މަޤާމަށް ކުރިމަތިލެވޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤަވާއިދުގެ 14 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތަށް އަންހެނުންނަށް އެކަނި ކަމަށާއި، މި މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ބަލައިގަތުމަށް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް އީސީން ބުނެއެވެ.