ޚަބަރު
ރަށުތެރޭގެ އަމަންއަމާންކަން ގެއްލޭފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅޭނެ:އިހުސާން

ރަށުތެރޭގެ އަމަންއަމާންކަން ގެއްލޭ ފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަލާނެ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އިހުސާން މިފަދައިން ވިދާޅުވެފައިވަނީ ރޭ އިރާކޮޅު ހެންވޭރުގައި ހިންގި މާރާމާރީއާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން އިހުސާން ފާހަގަ ކުރެއްވީ އެ މައްސަލައާއި، ގުޅިގެން އެކަކު ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވިފައި ކަމަށެވެ.  އަދި ފުލުހުން ދަނީ އެ މައްސަލަ ތަހުގީގުކުރަމުން ކަމަށްވެސް ވިދާޅުވެފައެވެ.

“ރަށުތެރޭގެ އަމަންއަމާންކަން ގެއްލޭ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅިގެންދާނެ. ފުލުހުންދަނީ މިފަދަ ކަންކަން ހުއްޓުވުމަށް ސަލާމަތީގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުން” އިހުސާން

ބަޔަކު މީހުންވަނީ ރޭ މާލޭ ރޯޝަނީ މަގުގައި މާރާމާރީއެއް ހިންގާފައެވެ.

މިޑީއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެކަމެއް ހިނގީ ރޯޝަނީ މަގުގައި ހުންނަ ފުޑް ޓޭކްއަވޭ އައުޓްލެޓަކަށް މީހަކު ގެއްލުންދޭން އުޅުމުގެ ތެރޭގައި ކަމަށެވެ.

އެގޮތުން އައުޓްލެޓަށް ގެއްލުން ދޭން އުޅުނު މީހާއާ ބަޔާކައި ދެމެދު ކުރިމަތިލުންތަކެއް ވަނީ ހިނގާފައެވެ. އަދި އެ މީހާ އަށް ހަމަލާ ދިނުމަށް ފަހު ގެއްލުން ދިން  މީހުން މަސައްކަތް ކޮށްފައިވަނީ ފިލަން  ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!