ޚަބަރު
ކުޅިވަރާ ކަސްރަތަށް އާ ދިރުމެއް , އެތައް އަހަރަކަށް ފަހު އަތޮޅު ތަކުގެ ބޮޑެތި ސްޓޭޑިއަމް ތައް މަރާމާތް ކުރަން ފަށައިފި

އަތޮޅު ތަކުގައި މީގެ 20 ވަރަކަށް އަހަރު ކުރިން ހެދި ސްޓޭޑިއަމް ތަކުގައި ހުރި ބޮޑެތި މަރާމާތުތައް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ފަށައިފިއެވެ.

އެ މިނިސްޓްރީ އިން ވިދާޅުވީ މިވަގުތު ގދ. ތިނަދޫ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމުގެ މަސައްކަތް ވަރަށް ބޮޑު ސަމާލު ކަމެއް ދީގެން ދަނީ ކުރިއަށް ކަމަށާއި މިހާތަނަށް މާރާމާތުގެ ބޮޑުބައެއް ވަނީ ނިމިފައި ކަމަށް އެ މިނިސްޓްރީ އިން ވިދާޅުވެއެވެ.
އަތޮޅުތަކުގައި ހުރި ސްޓޭޑިއަމްތަކުގެ އާބާތުރަ ފިލުވައި ބޭނުންކުރެވޭނެ ފެންވަރަށް ގެނައުމަކީ އަދުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ފާހަގަ ކުރައްވައި ސްޕޯޓްސް މިނިސްޓަރީން ވިދާޅުވީ އެގޮތުން އައްޑޫ ސިޓީ ހިތަދޫގެ ޒޯން ސްޓޭޑިއަމް އާއި ކުޅުދުއްފުށި ސިޓީގެ ޒޯން ސްޓޭޑިއަމްގެ މަރާމާތުގެ މަސައްކަތްވެސް ބަޔަކާ ހަވާލްކޮށް މިހާރު އަންނަނީ ކުރަމުން ކަމަށެވެ.
ތިނަދޫ, އައްޑޫ ،ކުޅުދުއްފުށި އަދި ފުވައްމުލަކު ސިޓީ ގައި ހުންނަ އެތުލެޓިކްސް އަށް ޚާއްސަ ސްޓޭޑިއަމް ތަކަކީ ރާއްޖޭގައި ކުރިޔަށް ގެންދާ މުބާރާތް ތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކު ބައިވެރިވެ ވަރަށް ފުޅާ ދާއިރާއެއްގައި ކޮންމެ އަހަރަކު ވެސް ތަފާތު އެކި މުބާރާތްތައް ވާވާ ތަންތަނެވެ. ނަމަވެސް ގިނަ އަހަރު ތަކެއް ވަންދެން އެ ތަންތަން މަރާމާތުކޮށް އާބާތުރަ ނުފިލުވާތީ ވަނީ ވަރަށް ބޮޑަށް ހަލާކުވެ ވީރާނާވެފައިކަން ފާހަގަ ކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!