ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެ ޚާއްޞަ އެދިލެއްވުމަކަށް ޖުމްހޫރީ މައިދާނުގެ ފެންއަރުވާ ވަޑާން މަރާމާތުކޮށް ޢީދައް ތައްޔާރު ކުރަން ފަށައިފިއެވެ.
ޖުމުހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް އަންނަ އީދަށް ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޖުމުހޫރީ މައިދާނުގައި ހަލާކުވެ ވީރާނާ ވަމުންދާ ފެން އަރުވާ ވަޑާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ނިމިދިޔަ ސަރުކާރުން އެތަން ނުބެލެހެއްޓުމުގެ ސަބަބުން އެތަނުގެ ބައެއް ތަކެތި ހުރީ ހަލާކު ވެފައިވާއިރު، އެތަނުގެ ބޭނުންނުކޮށް ހުންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ. ޖުމުހޫރީ މައިދާނުގައި ފެންއަރުވާ ވަޑާމެއް ހަދަައި އެތަން ހުޅުވީ ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށެވެ.