ޚަބަރު
ރަމަޝާން މަސް ނިމުނު ނަމަވެސް އަޅުކަމާއި ދުރު ނުވުމަށް ހުކުރު ހުތުބާގައި ގޮވާލައްވައިފި

ރަމަޝާން މަސް ނިމި ފާއިތުވާ ދުވަސްތަކުގައިވެސް އަޅުކަމާއި ދުރު ނުވުމަށް ހުކުރު ހުތުބާގައި ގޮވާލައްވައިފިއެވެ.

ހުތުބާގައި ބުނެފައި ވަނީ ރަމަޝާން މަސް ނިމުނު ކަމުގައި ވީނަމަވެސް ހެޔޮއަމަލު ކުރުންމަތީ ދެމި ހުރުމަށާއި، ފުރިހަމަ މުއުމިނެއްގެ ގޮތުގައި ދެމި ހުރުމަށެވެ. އަޅުކަމުގައި ވަގުތު ހޭދަ ކުރުމަށާއި، ހާއްސަކޮށް ރަމަޝާން މަހަކީ އަޅުކަމުގެ މައްސަރެއް ކަމަށްވާތީ ރަމަޝާން މަހުގައި އަޅުކަން ކުރުން އިތުރު ކުރުމަށްވެސް ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ހުތުބާގައި ފާހަގަކޮށް ފައިވަނީ ރަމަޝާން މަސް ނިމި އަންނަ ޝައްވާލު މަހުގެ ހަ ރޯދަވެސް ހިފާ މުޅި އަހަރުގެ ސަވާބާއި ދަރުމަ ހޯދުމަށެވެ. ﷲ ގެ ރަހުމަތާއި ތަނަވަސްކަމަށް އެދޭ މީހާ މި މަގު އިހުރިޔާރު ކުރުމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.

ސުންނަތް އަޅުކަން އިތުރު ކުރުމަށާއި، ސަވާބާއި ދަރުމަ ލިބުމުގައި ދެމި ތިބުމަށްވެސް ހުތުބާގައި ގޮވާލައްވާފައި ވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!