އިހުސާން މިފަދައިން ވިދާޅުވީ މިރޭ ސޯޝަލް މީޑިއާގައި ކުޑަކުއްޖަކަށް އަނިޔާ ކުރާ ވީޑިއޯ އެއް ދައުރުވެފައި ވަނިކޮށެވެ. އެ މައްސަލަ މިހާޜު ވަނީ ފުލުހުންގެ ސަމާލުކަމަށް އައިސްފައެވެ. އަދި މިހާރު ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.
އިހުސާން ވިދާޅުވީ މިކަން ކުރިފަރާތްތައް ހޯދައި އަވަހަށް ފިޔަވަޅުއެޅުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން ކަމަށާއި، މިފަދަކަންކަން މުޖުތަމައުގައި ހިންގާފަރާތްތަކާއިމެދު އެޅެންއޮތް އެއްމެ ހަރުކަށި ފިޔަވަޅު އެޅިގެންދާކަމުގެ ޔަޤީންކުރާ ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ފުލުހުން ކުރި މަސައްކަތުން، އެކަން ކުރިކަމަށް ތުހުމަތު ކުރި ކަން އެނގިފައިވަނީ ކުޑަ ކުދިން ކަމަށާއި، އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން ކަމަށެވެ.
މި ވީޑިއޯ އިން ފެންނަ މަންޒަރު ތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސަރކިއުލޭޓް ނުކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.