އަހްލާގީ ގޮތުން މުޖްތަމައުން އެކަހެރިވެގެންދާ ކުދިން ބަލަން މީހުން ނޫޅޭ ރަށެއްގައި ފެސިލީޓީއެއް ގާއިމް ކުރަން ނިނާމާފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިހުސާން މިހެން ވިދާޅުވީ ކުޑަކުދިން ގަނާއިން ރައްކާތެރި ކުރުމަށް މަސައްކަތް ކުރާ ޓާސްކްފޯސް”އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު އިހުސާން ވިދާޅުވީ، އަހްލާގީ ގޮތުން މުޖްތަމައުން އެކަހެރިވެގެންދާ ކުދިން ބަލަން މީހުން ނޫޅޭ ރަށެއްގައި ފެސިލީޓީއެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށާއި، ކުށުގެ ވެށީގައި ތިބި ކުދިން ރިހިބިލިޓޭޓް ކުރުމަށް ލޯންގް ޓާމް ކެއާ ފެސިލިޓީއެއް އެޅުމަށް ގާނޫނުން ލާޒިމް ކުރާ ކަމަށެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުން ފުޅެއް ކަމަށްވެސް ވިދާޅުވިއެވެ.
“ސަރުކާރުގެ ވިސްނުންފުޅަކީ އަޅުގަނޑުމެން މި ފެސިލިޓީއަށްޓަކައި ވަކި ރަށެއް ޑިވެލޮޕްކުރުން. އެޓް ރިސްކުގައި ތިބޭ ކުދިން އާއިލާތަކަށް ނުބެލެހެއްޓި އަހްލާގީ ގޮތުން މުޖްތަމައުން އެކަހެރިވެގެންދާތަން ފެނި އަދި އެކި އެކި ކުށްތަަކަށް އަރައިގަންނަ ފަރާތްތަކާިއެކުގައި ކުށުގެ މާހައުލުން ތަކުރާކުރާރުވާނަމަ ދައުލަތަށ ނެގުން.” ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ކުށުގެ ވެށީގައި އުޅޭ ކުދިންގެ އަދަދުވަނީ ކަންބޮޑުވާހާ މިންވަރަށް އިތުރުވެފައެވެ. އެގޮތުން މިނިސްޓަރު ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ 200 އެއްހާ ކުދިން ދެގަނެވިފައިވާ ކަމަށެވެ. އެހެންކަމުން ކުށްކުރާކުދިން ޒިންމާވާން ޖެހޭ މުއްދަތު 15 އަހަރުން 12 އަހަރުކަމަށް ނިންމާ ގާނޫނަށް ބަދަލު ގެންނަން ވެސް ވަނީ ނިންމާފައެވެ.