ޚަބަރު
އަންގާރަ ދުވަހު ތިނަދޫސިޓީ ކައުންސިލްގެ މެމްބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނެ!

މާރިޗު 26 ވަނަ ދުވަހު ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭން ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާއި ގުޅިގެން އެ ކަައުންސިލްގައި މިހާރު ތިއްބެވި ހަތް ކައުންސިލަރުން ހުވާކުރެއްވުން އަންނަ އަންގާރަ ދުވަހު ބާއްވަން ނިންމަވާފައިވާ ކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ތިނަދޫ ސިޓީ ކައުންސިލް މޭޔަރ ކަމުގެ ހުވާކުރައްވާއިރު މެމްބަރުން ހުވާކުރެއްވުމުގެ އިތުރުން، މިހާރުގެ ޑަބްލިއު.ޑީ.ސީގެ މެމްބަރުން މެމްބަރު ކަމުގެ އިޤުރާރުގައި ސޮއިކުރައްވާނެއެވެ.

މިއީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި އިސްލާޙު އެމްޑީޕީ މެޖޯރިޓީ އޮތް މަޖުލީހުން އެ އިސްލާޙް ބަލައިގަނެ ލާމަރުކަޒީ ޤާނޫނުގެ 11 ވަނަ އިސްލާޙާއެކު ގާނޫނަށްއައިސްފައިވާ ބަދަލުގެ ތެރޭން ތިނަދޫ ކައުންސިލް ސިޓީ ކައުންސިލަކަށް ބަދަލުކުރުމަށް ޤާނޫނީ އިޖުރާތުތައް ފުރިހަމަކުރުމަށް ކުރަންޖޭ ޤާނޫނީ ހުވާކުރުމުގެ ރަސްމިއްޔާތެވެ.

ގދ ތިނަދޫ، ސިޓީއަކަށް ބަދަލުވެ ފުރަތަމަ މޭޔަރަކަށް ސައުދު އަލީ، ޑެޕިއުޓީއަކަށް ނަސްރުﷲ އަލީ

މި ރަސްމިއްޔާތަށް އެ ކައުންސިލުން މިހާޜު ތައްޔާރުވަމުންދާއިރު، މި ޖަލްސާގައި ބައިވެރިވެ ވަޑައިގަތުމަށް މިހާރުވަނީ ސަރުކާރުގެ އިސްފަރާތައް ހިމެނޭހެން ދައުވަތުވެސް ފޮނުވާފައެވެ.

އަންގާރަދުވަހު ބާއްވާ އެ ޖަލްސާގެ ހުވާ ލައިދެއްވާނީ އުއްތަމަފަޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. މި ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އެރަށު އާބާދީ މަރުކަޒުގެ ހޯލުގައި މި މަހުގެ 16 ވާ އަންގާރަދުވަހުގެ ރޭ 9:00 ގައެވެ.

ތިނަދޫ ކައުންސިލްގައި މިހާރު ތިއްބެވި ކައުންސިލަރުންނަކީ 2021 ވަނަ އަހަރު ބޭއްވުނު ލޯކަލްކައުންސިލް އިންތިހާބުގައި އިންތިހާބުވެފައިވާ ކައުންސިލަރުންނެވެ. އެ ކައުންސިލަރުން ކައުންސިލްކަމުގެ ހުވާ ކުރެއްވީ އެ އަހަރު މޭ މަހުގެ 17 ވަނަ ދުވަހުގައެވެ.

Tinadhoo- Council

ތިނަދޫ އަކީ ސިޓީއެއްކަމަށް ސަރުކާރުން ކަނޑައެޅުމާއިއެކު އަލަށް ހުވާކުރައްވަން ނިންމަވާފައިވާއިރު، މިހާރު އެ ކައުންސިލްގެ ރައީސް ސައުދު އަލީ މޭޔަރު ކަމުގެ ހުވާ ކުރައްވާނެއެވެ.

Tinadhoo - Councilarun

ތިނަދޫ ކައުންސިލްގައި މިހާރު ތިއްބެވި ކައުންސިލަރުން 2021ވަނަ އަހަރު 17 މޭ ގައި ކައުންސިލް ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި

ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދީފައިވަނީ ގާނޫނަށް ގެންނަވަނެޖެހޭ ބަދަލުތައްގެނެސް 2024 މާރިޗު 26 ވަނަ ދުވަހުން ފެށިގެންނެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖައްސަވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ ދަށުންނެވެ. މިބަދަލާއެކު ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާގެ ނަން ވަނީ “ސެކްރެޓޭރިއަޓް އޮފް ތިނަދޫ ސިޓީ ކައުންސިލް”  އަށް ބަދަލުގެނެވިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!