ޚަބަރު
ކުޅުދުއްފުށި ސިޓީއަށް މިހާރު ވަނީ ކަރަންޓްދެވިފައި، ސްޓެލްކޯގެ މުއައްޒަފުން ކުރީ ބުރަ ބޮޑު މަސައްކަތެއް: ފަހުމީ

ކަރަންޓްގެ މައްސަލަ ބޮޑުވެފައިއޮތް ކުޅުދުއްފުށި ސިޓީއަށް މިހާރު ވަނީ ކަރަންޓް ދެވިފައި ކަމަށް ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވެއްޖެއެވެ.

ފަހުމީ ވިދާޅުވީ ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލު ހޯދެވުނީ ސްޓެލްކޯގެ މުއައްޒަފުންގެ ހިތްވަރުން ކަމަށާއި، އެ މުއައްޒަފުން ކުރި ބުރަ ބޮޑު މަސައްކަތައް ޝުކުރުވެރިވާ ކަމަށެެ.

“ސްޓެލްކޯގެ އިލްމީ، ޤާބިލް އަދި ތަޖުރިބާކާރު ޓީމާއި، ފެނަކައިގެ މުވައްޒަފުން ކުރި ކަސައްކަތުން ކުޅުދުއްފުށި ސިޓީއަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލުކޮށް މިހާރު ވަނީ މުޅި ރަށަށް ކަރަންޓު ދެވިފައި. ރައްޔިތުންނަށް ދިމާވާ މިފަދަ ކަންކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަބަދުވެސް ދެއްވަވަމުންގެންދަވާ ހަރުދަނާ އިރުޝާދުތަކަށް ޝުކުރު ދަންނަވަން. މިފަދަ ކޮންމެ ދަނޑިވަޅެއްގައި ޤައުމީ ވާޖިބެއް ކަމުގައި ދެކި މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ފަޙުރުވެރި ކަމާއިއެކު، ސާބަހާއި ޝުކުރު ދަންނަވަން. ” ފަހުމި ވިދާޅުވިއެވެ.

މަހެއްހާ ދުވަސް ކުރިން ފެށިގެން އެ ސިޓީގައި ކަރަންޓްގެ މައްސަލައެއް ދިމާވެ ކަރަންޓް ކެނޑޭތީ އާންމުންގެ ތަކުލީފުަކަށް އެކަންވަނީ ވެފައެވެ. އެކަން އެގޮތަށް ދިމާވީ ޖަނަރޭޓަރުގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. ޖަނަރޭޓަރަށް އެ މައްސަލަ ދިމާވީ އެ ރަށުގެ އިންޖީނުގޭގައި ހުންނަ ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލްވެސް އަނދައިގެންނެވެ.

މިރޭ އެ މައްސަލަ ހައްލު ކޮށްފައިވާއިރު، އިރުއިރުކޮޅާއި ކަރަންޓް ގޮސް ރައްޔިތުންނަށް ވީއުނދަގޫތައް ފޫބެއްދުމައްޓަކާއި ރަމަޝާންމަހުގެ ކަރަންޓް ބިލުންވެސް ވަނީ ބޮޑުބައެއް ފެނަކައިން އުނި ކޮށްދީފައެވެ.

ފެނަކަ އިން ވަނީ މިދިޔަ ރޯދަ މަހުގެ ކަރަންޓް ބިލުން 50 އިންސައްތައިގެ ބޮޑު ޑިސްކައުންޓެއް ވެސް ދީ ރައްޔިތުންނަށް ލުއެއްދީފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!